ބޭރު ކުޅިވަރު

ލިވަޕޫލާއި ޗެލްސީ ތިން ވަނަ ބުރަށް

ލިވަޕޫލާއި ޗެލްސީ އިނގިރޭސި ކެޕިޓަލްވަން ކަޕުގެ ތިން ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ލިވަޕޫލް މޮޅުވީ ބާޓޮން އަލްބިއަންއާ ވާދަކޮށް 5-0އިންނެވެ. ލަނޑު ޖެހީ ޑިވޮކް އޮރީޖީ އާއި ރޮބާޓޯ ފިރްމީނޯ އަދި ފަހު ދެ ލަނޑު ޖެހި ޑެނިއަލް ސްޓަރިޖެވެ. ތިން ވަނަ ލަނޑަކީ ބައިކޮޅަށް ވަން ގޯލެކެވެ.

މި މެޗުގައި ލިވަޕޫލްގެ އެމްރޭ ޗާންގެ ކަކުލަށް އަނިޔާގެ އޭނާ ވަނީ ބަދަލުކޮށްފަ އެވެ. މިއީ އަނިޔާގައި ހުރި ކުޅުންތެރިޔާ ރަނގަޅުވެގެން މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗެވެ.

ޗެލްސީ މޮޅުވީ ބްރިސްޓޯލް ރޯވާސްއާ ވާދަކޮށް 3-2އިންނެވެ. ލަނޑު ޖަހައިދިނީ މިޝީ ބަޓްޝުއާއީ ވިކްޓަރ މޯސެސް އެވެ. މީގެ ތެރެއިން ބެލްޖިއަމްގެ ފޯވަޑް ބަޓްޝުއާއީ ދެ ލަނޑު ޖެހި އެވެ.

އެވަޓަން މޮޅުވީ ޔިއޯވިލް ޓައުން އަތުން 4-0އިންނެވެ. ގިލިންހަމް އަތުން ވޮޓްފޯޑް ބަލިވީ 2-1އިންނެވެ. ނަމަވެސް ދެ ވަނަ ޑިވިޝަނަށް މިދިޔަ ސީޒަނުގައި ރެލިގޭޓްވި ނިއުކާސަލް މޮޅުވި އެވެ. ލިވަޕޫލާއ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ރަފާ ބެނީޓޭޒް ކޯޗުކޮށްދޭ ނިއުކާސަލް މޮޅުވީ ޗެލްޓެންހަމް ޓައުން އަތުން 2-0އިންނެވެ.