ވިޔަފާރި

ބީއެޗްއެމް އިން ކޯސްޓް ކިރު ޕެކެޓުގެ އަގު ހެޔޮކޮށްފި

Aug 25, 2016
  • އަގު ހެޔޮ ކުރީ ޕެކެޓުގެ
  • އެވްރެޖުކޮށް ޕެކެޓަކުން ފަސް ރުފިޔާ ހެޔޮކުރި
  • ކުރިންވެސް ކޯސްޓު ކިރުގެ އަގު ހެޔޮކޮށްފައިވޭ

ރާއްޖޭގައި ކޯސްޓު ކިރުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައ ކުރާ ބީއެޗްއެމް ޓްރޭޑާސްއިން ކޯސްޓް ކިރު ޕެކެޓުގެ އަގު ވަރަށް ބޮޑުތަން ހެޔޮކޮށްފި އެވެ.

ބީއެޗްއެމްއިން "އަވަސް" އަށް ފޮނުވި ކޯސްޓު ކިރުގެ އަގުތަކަށް އެންމެ ފަހުން ގެނައި ބަދަލުތަކުގައިވާ ގޮތުން ކުރިން 90ރ. އަށް ވިއްކަމުން ދިޔަ 800ގ. ގެ ޕެކެޓަރުން ފަސް ރުފިޔާ ހެޔޮކޮށް މިހާރު ވިއްކަނީ 85ރ. އަށެވެ. އަދި މި ސައިޒުގެ ކިރު ޕެކެޓު ކޭހެއް ކުރިން 980ރ. އަށް ވިއްކި ނަމަވެސް މިހާރު ވިއްކަނީ 930ރ. އަށެވެ.

ބީއެޗްއެމް އިން ކޯސްޓް ކިރު ޕެކެޓުގެ އަގަށް ގެނައި ބަދަލުތަކުގެ ތެރޭގައި 245ރ. ވިއްކަމުން ދިޔަ 2250ގ. ގެ ޕެކެޓުތަކުން ވެސް ފަސް ރުފިޔާ ހެޔޮކޮށް، މިހާރު ވިއްކަމުން ދަނީ 240ރ. އަށެވެ.

ރާއްޖެ އަށް ކާނާގެ ގިނަ ބާވަތްތަކެއް ވިއްކަމުން ގެންދާ ބީއެޗްއެމް ޓްރޭޑާސްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިކި ކިރުގެ ވިޔަފާރިކުރާ ކުންފުންޏެވެ. އެ ކުންފުނިން ކޯސްޓް ކިރު ދަޅު ވެސް ވިއްކަމުންދެ އެވެ. އަދި މި ފަހުން އެ ކުންފުނިން ވަނީ މީރު ކޮފީއެއް ވެސް ބާޒާރަށް ނެރެފަ އެވެ.