ވިޔަފާރި

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ސޮއިކޮށްފި

  • އެވޯޑު އޮތީ ނޮވެމްބަރު މަހު
  • ގިނަ ކުންފުނިތަކުން ނޮމިނޭޓް ކޮށްފި
  • ތަރުހީބު ރަނގަޅު

ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ ޓްރެވަލް އެވޯޑު ކަމަށްވާ މަޓާޓޯ ޓްރެވަލް އެވޯޑު ނުވަތަ "މޯލްޑިވްސް ޓްރެވަލް އެވޯޑު" ގެ ޕާޓްނަރުންނާއެކު މިރޭ ސޮއިކޮށްފި އެވެ.

ތިންކުން އިންތިޒާމުކޮށްގެން މި އަހަރުގެ ނޮވެމްބަރު މަހު ބާއްވާ "މޯލްޑިވްސް ޓްރެވަލް އެވޯޑު" ގެ ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ ބޮޑެތި ކުންފުނިތައް ބައިވެރިވެފައިވެ އެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕާޓްނަރުން:

  • މެއިން ސްޕޮންސަރު: އެމްއޭސީއެލް
  • ހޮސްޓިން ޕާޓްނަރު: ބަނޑޮސް އައިލެންޑް ރިސޯޓް
  • ސިލްވަ ޕާޓްނަރު: އެލައިޑް އިންޝުއަރެންސް
  • ސިލްވަ ޕާޓްނަރު: އެފްއެސްއެމް
  • ސައުންޑް އެންޑް ޕައިޓް ޕާޓްނަރު: ޕޮޕް ޔޯއީ
  • އޮފިޝަލް މީޑިޔާ ޕާޓްނަރު: ޕީއެސްއެމް
  • އޮފިޝަލް މީޑިޔާ ޕާޓްނަރު: މިހާރު
  • އޮފިޝަލް ޓެލެކޮމް ޕާޓްނަރު: ދިރާގު
  • އޮފިޝަލް އިންޓަނޭޝަނަލް އެއާލައިން: އިއްތިހާދު
  • އޮފިޝަލް ބެވަރޭޖަސް ޕާޓްނަރު: ކޮކާކޯލާ
  • އޮފިޝަލް ޓްރެވަލް ޕާޓްނަރު: އެމްވީ ހޮޓެލްސް
  • އެސޯސިއޭޓް ޕާޓްނަރު: މޯލްޑިވްސް ގެޓްއަވޭސް
  • އޮންލައިން ޓްރެވަލް ޕާޓްނަރު: މޯލްޑިވްސް ޑޮޓް ނެޓް އެމްވީ
  • އެސޯސިއޭޓް ޕާޓްނަރު: މޯލްޑިވްސް ޑޮޓްކޮމް
  • އޮފިޝިއަލް ވީޑިއޯ ޕާޓްނަރު: އިކޮއެޓިކް ވައިޑް

ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯއިން ބާއްވަމުން އަންނަތާ ފަސް އަހަރު ވެފައިވާ މޯލްޑިވްސް ޓްރެވަލް އެވޯޑަށް 243 ފަރާތެއް މިހާތަނަށް ވަނީ ނޮމިނޭޓް ކޮށްފަ އެވެ.

"ހޮޓެލް ޖެން" ގައި މިރޭ ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތައް ފަހު ބޭއްވި ނިއުސް ކޮންފަރެންސުގައި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ މި އަހަރު މުޅިން އަލަށް ފަސް ކެޓަގަރީއެއް ތައާރަފުކޮށްފައިވާއިރު، މި އަހަރުގެ އެވޯޑަށް ލިބޭ ތަރުހީބު ވަރަށް ބޮޑު ކަމަށެވެ.

"މި އަހަރު ލިބުނު ނޮމިނޭޝަންސް މިދިޔަ އަހަރާ ބަލާއިރު 100 ޕަސެންޓް އިތުރު. އެވޯޑު ޕްރޮމޯޓް ކުރަން ގިނަ ކަންތައްތަކެއް ރޭވިފައިވޭ. ކުރީގެ ޓްރޮފީއެބަ ރިސޯޓުތަކުގައި ޝޯވްކޭސް ކޮށްލަން. ކުރީގެ ވިނާޒްއަށް ހާއްސަކޮށްގެން ޕީއެސްއެމްއާ ގުޅިގެން ކައުންޑްޑަރުން ޝޯވްއެވެސް ކުރިއަށް ގެންދަން،" އަބްދުﷲ ވިދާޅުވި އެވެ.