ހަބަރު

މެންބަރު އާޒިމްގެ ބަންދަށް 10 ދުވަސް، އިމްތިޔާޒު ކޮމިޓީ ކުރިއަށް

Feb 23, 2015
1

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ކައިރީގައި ރޭ ކުރި މުޒާހަރާގައި ހައްޔަރު ކުރި، ރައްޔިތުން މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 10 ދުވަސް ޖަހައިދީފި އެވެ. އަދި އެ މައްސަލަޔާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމެއް މިހާރު ދަނީ ކުރިއަށެވެ.

އާޒިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން 10 ދުވަސް ދިނީ އޭނާގެ ވަކީލުން ބުނި ގޮތުގައި ފުލުހުންގެ ދައުރަށް އޭނާ ހުރަސްއެޅި ކަމުގެ ކުށް ކޮށްފައި ވާތީ އެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ވެސް އޭނާގެ ވަކީލު ވިދާޅުވި އެވެ.