އެސްޓީއޯ

ހިޓާޗީ އޭސީގެ މުޅިން އާ ކުލައެއް އެސްޓީއޯއިން ތައާރަފް ކޮށްފި

Aug 29, 2016

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ހޯމް އިމްޕްރޫވްމެންޓް އިން ވިއްކާ ހިޓާޗީ ބްރޭންޑްގެ އޭސީގެ އާ ކުލައެއް ރާއްޖޭގެ މާކެޓަށް ތަޢާރަފްކޮށްފި އެވެ.

މި އޭސީގައި ލާފައި ވަނީ ރަތް ކުލަ އެވެ. އެ ރަތް ކުލަޔަކީ ޔޫވީ ޕްރޮޓެކްޓެޑް ކޯޓިންއެކެވެ. އެސްޓީއޯ އިން ބުނީ މި އޭސީތަކަކީ ރާއްޖޭގައި ހުދު ކުލަ ނޫން އެހެން ކުލައެއްގެ އޭސީ ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށާއި އަލަށް ތައާރަފުކުރީ 9000 އަދި 12000 ބީޓީޔޫގެ އޭސީ ކަމަށެވެ.

ހޯމް އިމްޕްރޫވްމެންޓުން ގަންނަ ހިޓާޗީ ބްރޭންޑްގެ ކޮންމެ އޭސީއަކަށްވެސް 18 މަސްދުވަހުގެ ސާވިސް ވޮރެނޓީއާއި ފަސް އަހަރު ދުވަހުގެ ކޮންޕްރެސާ ވޮރެންޓީ ލިބެ އެވެ.