ދުނިޔެ

ގާޒާގެ ގިނަ މީހުނަށް ހިޔަލެއް ނެތް، މިނިކާވަގު ހިޔާވަހިކަން!

Aug 30, 2016
2

ފަލަސްތީނުގެ ގާޒާއަށް އިޒުރޭލުން އަޅައިފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކާ ހެދި ބައިނަލްއަގްވާމީ ޖަމާއަތްތަކަށާއި ގައުމުތަކަށް ގާޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އުނދަގޫ މަސައްކަތެވެ.

ދެހާސް ސާދަ ވަނަ އަހަރު އިޒްރޭލުން ގާޒާގެ އާބަދީތަކަށް ދިން ހަމަލާ ތަކުގައި ލިބުނު ގެއްލުންތައް އަދިވެސް އާބަދުކޮށް ނުނިމެވެއެވެ. ފަންސާސް އެއް ދުވަހަށް ދިގު ދެމިގެން ދިޔަ އެ ހަމަލަތަކުގައި ގާޒާއިން 2100 ވުރެ ގިނަ މީހުން މަރުވި އެވެ. އަދި 11000 ވުރެ ގިނަ މީހުން ޒަހަމްވި އެވެ. އިންސާނުންގެ އިތުރުން އިޒްރޭލުން ވަނީ ގާޒާގެ ގުދުރަތީ ވަސީލަތްތަކާއި ދަނޑުތަކަށާއި ޖަނަވާރުން ގެންގުޅޭ ހައިވާނު ބަގީޗާތަކަށް ވެސް ހަމަލާ ދީފަ އެވެ. އެއިން އެއް ތަނަކީ ހާން ޔޫނުސްގެ ހައިވާނު ބަގީޗާ އެވެ.

އިޒްރޭލްގެ ހަމަލާތަކުގެ އިތުރުން ތަފާތު އެކި ސަބަބުތަކާ ހެދި އެ ބަގީޗާއިން، ގިނަ އަދަދެއްގެ ޖަނަވާރު މަރުވި އެވެ. އެ ހައިވާނު ބަގީޗާގައި އޮތް "ލަޒީޒް" ގެ ނަމުން ނަން ދީފައިވާ ސިންގާއަކަށް ދެކުނު އެފްރިކާގެ ހައިވާނު ބަގީޗާއަކުން ވަނީ ހިމާޔަތާއި ހިޔާވަހިކަން ދީފަ އެވެ. "ލަޒީޒް" އަކީ ގާޒާގައި އޮތް އެންމެ ފަހު ސިންގާ އެވެ. ލަޒީޒުގެ އިތުރުން އެ ހައިވާނު ބަގީޗާގައި ދެން ތިބި ޖަނަވާރުތައް ވަނީ އުރުދުންއާ ހަވާލުކޮށް، މިދިޔަ ހަފުތާގައި އެތަން ވަނީ ބަންދުކޮށްފަ އެވެ.

އެ ފިނިކާވަގު ދެކުނު އެފްރިކާއަށް ގެންދިއުމަށްޓަކައި، "ފޯ ޕައުންސް" ގެ ނަމުމުގައި ހަރަކާތްތެރިވާ ޖަމާއަތަކުންވަނީ ދެ މަހަށްވުރެ ގިނަ ދުވަސްވަންދެން އިޒްރލް ސަރުކާރާއެކު ވާހަކަ ދައްކާފަ އެވެ. ގާޒާއަށް އެއްޗެއް އެތެރެ ކުރުމާއި ބޭރު ކުރުމުގެ ހުއްދަ ލިބެނީ އެފަދަ އުނދަގޫ ހާލަތްތަކުންނެވެ.

ފޯ ޕައުންސްއަކީ 2014 ވަނަ އަހަރުން ފެށިގެން، ގައްޒާގައި އުޅޭ ޖަނަވާރުތަކަށް ހިމާޔާތް ދިނުމަށް ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ޖަމާއަތެކެވެ.

އެ މިނިކާވަގު ގާޒާއިން ނެރެ ތެލްއަވީވްގެ އެއާޕޯޓަށް ގެންދިޔައީ ދަގަނޑު ދަލުން ހަދާފައިވާ ކޮންޓެއިނާއަކަށް ލައިގެންނެވެ. ތެލްއަވީވްގެ އެއާޕޯޓުން، ދެކުނު އެފްރިކާގެ ޖޮހޮނަސްބާގްގެ އެއަޕޯޓަށް ގެންދިޔަ ފްލައިޓް ދިޔައީ ހަތަރު ގަޑިއިރު ދަތުރަކަށްފަހު އެވެ. ގާޒާގެ ބިމުން ލަޒީޒު ނެރެ، އެ އެއްޗަށް ހިމާޔަތް ދިނީ ދެކުނު އެފްރިކާގެ "ބިގް ކެޓް" ހައިވާނު ބަގީޗާއިންނެވެ.

"ބޮން އަޅާ އަޑަކީ، އިންސާނުންނަށް ވެސް އަދި ޖަނަވާރުންނަށް އެހާ ފަސޭހަ އަޑަކަށް ނުވާނެ. މިއީ ގާޒާގެ އޮތް ސިންގާއަކަށް ލިބުނު ހަމަޖެހުމަކަށް ވާނެ. މިހާރު އެއަށްވުރެ ބޮޑު ތަނެއްގައި ލަޒީޒު އަށް ހިމާޔަތް ދެވުމުން އަހަރެމެން ވަރަށް ހިތް ހަމަޖެހޭ" ފޯ ޕައުންސްގެ ވައިލްޑް އެނިމަލްގެ ޑައިރެކްޓާ ލޯނާ ޑުންގްލާ ވިދާޅުވިއެވެ.