އައިޓީބީ ފެއާ

އައިޓީބީ ފެއާގެ ބައެއްގެ ގޮތު އިންޑިޔާގައި ޓޫރިޒަމް ފެއާއެއް ބާއްވަނީ

Aug 31, 2016
  • ބީއައިޓީބީ އޮންނާނީ އޮގަސްޓް މަހު
  • މަޓާޓޯގެ މެންބަރުން ބައިވެރިވާން ހުޅުވާލައިފި
  • މި ފެއާ ބާއްވަނީ ދިއްލީގައި

ޖަރުމަނުގައި އޮންނަ މަޝްހޫރު އައިޓީބީ ފެއާގެ ބައެއްގެ ގޮތުގައި އިންޑިޔާގައި މި އަހަރުގެ އޮގަސްޓް މަހު ބަހާރަތް އިންޓަނޭޝަނަލް ޓޫރިޒަމް ބާޒާރު (ބީއައިޓީބީ) ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

އިންޑިޔާގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވޭ ބީއައިޓީބީ ފެއާ ބާއްވަނީ އިންޑިޔާގެ ނިއުދިއްލީގަ އެވެ. މި ފެއާގައި އޮންނަނީ ދިއްލީ ޕަރަގްތީ މައިދާން ގަ އެވެ. ގާތްގަނޑަކަށް 12،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި އޮގަސްޓް މަހުގެ 3-6 އަށެވެ.

ބީއައިޓީބީ ފެއާ އިންތިޒާމު ކުރަނީ ޓޫރިޒަމް ވިޔަފާރިތައް ބައްދަލުވެ ގުޅުން ބަަދަހި ކުރެވޭނެ އިވެންޓެއްގެ ގޮތުގަ އެވެ. މި ފެއާގައި ޓޫރިޒަމް ވިޔަފާރިކުރާ 1،000 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވާއިރު، މި ފެއާގައި 500 އަށްވުރެ ގިނަ އެގްޒިބިޓަރުން ލިބޭނެ އެވެ.

އިންޑިޔާގައި ބާއްވާ ބީއައިޓީބީ ފެއާގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ޓްރެވަލް އޮޕަރޭޓަރުންގެ ޖަމިއްޔާ މަޓާޓޯ އިން ވަނީ ހުޅުވާލާފަ އެވެ.

އައިޓީބީ ފެއާގެ ބޮޑު އެއްބާރުލުމަކާއެކު އިންޑިޔާގައި ފެއާއެއް އިންތިޒާމުކުރާއިރު ޖަރުމަނުގައި އެންމެ ފަހުން ބޭއްވި އައިޓީބީ ބާލިން ފެއާގެ ހޮސްޓް ކަންޓްރީއަކީ ރާއްޖެ އެވެ.