އިންޓަނެޓުގެ ހިދުމަތް ދެމުން ގެންދާ ފޯކަސް އިންފޯކޮމް ގެ "ރާއްޖެ އޮންލައިން" ގެ ތިޖޫރި ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ފޯކަސްގެ ތިޖޫރި ވަގަށް ނެގިކަން މިއަދު ހެނދުނު 6.15 އެހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ވަގަށް ނަގާފައިވަނީ ރާއްޖެ އޮންލައިން ހިންގަމުން ގެންދާ ހ. މާވަޑިއާ އޮފީހުގެ ތިޖޫރި އެވެ.
އޮފިޝަލް ވިދާޅުވީ ވަގަށް ނެގި ތިޖޫރީގައި ފައިސާ ހުރިކަން ނުވަތަ ނެތް ކަމެއް ވެސް އަދި ބުނަން ނޭނގޭ ކަމަށެވެ.
"އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.