ވިޔަފާރި

ނިޔާމަ ރިސޯޓުގެ "ދެވަނަ ރަށް" ހުޅުވައިފި

Feb 24, 2015

ކުޑަކުދިން ކުޅެލާ ހަދާނެ ބޮޑު ސަރަހައްދަކާ އެކު ނިޔާމަ މޯލްޑިވްސް ގެ "ދެވަނަ ރަށް" ރާއްޖޭގައި ހުޅުވައިފި އެވެ.

މައިނަ އިންޓަނޭޝަނަލުން ދ. ނިޔާމަ ރިސޯޓުގައި ހުޅުވި މި ހިތްގައިމު ރަށް ފަރުމާކޮށްފައިވަނީ އާއިލާ ގޮވައިގެން އަންނަ ޓޫރިސްޓުންނަށް ހިތް އުފާކޮށްލެވޭނެ ފުރިހަމަ މާ ހައުލެއް އޮންނަ ގޮތަކަށެވެ.

ނިޔާމަ ރިސޯޓާ އިން ވެގެން ކުޑަ ބްރިޖަކުން ގުޅުވާލައިގެން ހަދާފައިވާ މި ރަށުގައި ޕެވިލިއަން ސްޓައިލުގެ ބޮޑު 48 ސުވިޓްސް ހަދާފައިވެ އެވެ. މި ބައިގައި ކުޑަކުދިންނަށް ހާއްސަ ބޮޑު ސަރަހަދެއް ވެސް އޮވެ އެވެ. މީގެ އިތުރުން ޓްރީ ޓޮޕް ރެސްޓޯރެންޓަކާއި ބީޗް ފްރޮންޓަށް ވާ ގޮތަށް ހަދާފައިވާ ހިތްގައިމު ރެސްޓޯރެންޓެއް ވެސް ހުރެ އެވެ. މީގެ އިތުރުން މި ރަށުގައި ކުޑަކުދިންނަށް ހާއްސަ ބޮޑު ސުވިމިން ޕޫލެއް ވެސް ހުރެ އެވެ. އަދި އިތުރުން ކައިރި މުސްތަގުބަލެއްގައި ކުޑަކުދިންނަށް ހާއްސަކޮށްގެން "ޕްލޭ ނެސްޓެއް" ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެއާޕޯޓުން ފުރައިގެން ސީޕްލޭންގައި 40 މިނެޓުން ދެވޭ ނިޔާމަ ރިސޯޓަކީ ދުނިޔޭގެ އެންމެ ހިތްގައިމު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ އެއް ރިސޯޓެވެ. މި ރިސޯޓަކީ މޫދު އަޑީގައި ހެދިފައިވާ ފުރަތަމަ މިޔުޒިކް ކްލަބް ވެސް ހުންނަ ރިސޯޓެވެ.