މާރާމާރީ ހިންގުން

ހުޅުދުއްފާރުގައި ކުޑަކުދިންތަކެއް މާރާމާރީ ހިންގައިފި

ރ. ހުޅުދުއްފާރުގައި މިރޭ ކުޑަ ކުދިންތަކެއް މާރާމާރީ ހިންގައި އެއް ކުއްޖަކު ޒަހަމްކޮށްލައިފި އެވެ.

މި މާރާމާރީ ހިންގާފައިވަނީ ހުޅުދުއްފާރު ސްކޫލްގެ ގްރޭޑް ހަތެއްގައި ކިޔަވަމުންދާ ދަރިވަރުންތަކެއް ކަމަށްވެ އެވެ. ފުލުހުން ބުނީ މިއަދު އިރުއޮއްސުނު ވަގުތާ ދިމާކޮށް ހުޅުދުއްފާރުގައި ކުޑަކުދިންތަކެއް މާރާމާރީ ހިންގި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމައްސަލަ ތަހުގީގް ކުރަން ފުލުހުން އެރަށަށް ދާނެ ކަމަށެވެ.

ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާ ލިބުނު ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށާއި ނަމަވެސް އެކުއްޖާއަށް ފަރުވާ ދިނުމަށް ރ. އުނގޫފާރު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.