ޕީއެސްއެމް

ކަރަންޓުގޮސް ޓީވީއެމުން ހިދުމަތް ކެނޑިއްޖެ

Sep 7, 2016
1

ޕަބްލިކް ސާވިސް މީޑިއާގެ ޓީވީމޯލްޑިވްސް އިން ކަރަންޓް ގޮސް ޓީވީއެމްގެ ހިދުމަތް މުޅި ރާއްޖެއަށް ކެނޑިޖެ އެވެ. ޓީވީއެމްގެ ހިދުމަތް ކެނޑުނީ މިރޭގެ ހަބަރަށް ފަހު މީގެ ބައިގަޑިއެއްހާ އިރު ކުރިންނެވެ.

ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް މިރޭ ވިދާޅުވީ ޓީވީއެމްގެ އިމާރާތުގެ އެތެރެއިން ކަރަންޓް ކެނޑިފައިވާ ކަމަށާއި ޓީވީގެ ހިދުމަތް ކެނޑުނީ އެހެންވެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އަލުން ކަރަންޓުގެ ގުޅުދީ ޓީވީއެމްގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ހޭދަވާނީ ކިހާ ވަގުތެއް ކަން ދަންނަވަން އަދި ދަތި ކަމަށެވެ. ނަމަވެސް މިރޭ 10:00 ޖަހާ އެހާކަންހާއިރު އަލުން ހިދުމަތަށް އާދެވޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

"ހިދުމަތް އަލުން ފެށޭތޯ އިންޖިނޭރުން ގެންދަނީ މަސައްކަތް ކުރަމުން. ހިދުމަތް ކެނޑުނީ ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން،" ހަލީލް ވިދާޅުވި އެވެ.

ޓީވީއެމް އިން ކަރަންޓް ކެނޑި ހިދުމަތަށް ބުރޫއެރުމަކީ ފަހުގެ ތާރީހެއްގައި ވެފައިވާ ކަމެއް ނޫނެވެ.