ޓެކްނޯލޮޖީ

ހިތްތައް ފަތަހަކުރަމުން ނެރުނު އައިފޯން7 އަށް އަވަސް ކަޅިއެއް

އައިފޯން7 ކަށް އެއްމެން ކުރި އިންތިޒާރަށް ރޭ މިވަނީ ނިމުމެއް އައިސްފަ އެވެ. ގިނަ ބަޔެއްގެ ލޯބި ހޯދައިފަިވާ އައިފޯން ރޭވަނީ އެ ފޯނަށް ލޯބި ކުރާ ހިތްތަށް ފަތަހަ ކޮށްލާފަ އެވެ. މޮޅު ގިނަ ފީޗާސް ތަކަކާއެކު ރޭ އައިފޯން 7 ލޯންޗްކޮށްފައިވަނީ އެޕަލްއިން ބޭއްވި ހާއްސް އިވެންޓެއްގަ އެވެ. އެޕަލް އައިފޯން 7 އަށް އަވަސް ކަޅިއަކުން ބަލައިލާނަމެވެ.

ހިތް ފަތަހަ ކޮއްލާ އާ ދެ ކުލަ

މި ފޯނަކީ އެޕަލްއިން މިހާތަނަށް ނެރޭ ފުރަތަމަ ވޯޓާ ރެސިސްޓެންސް ނުވަތަ ފެން ނުވަންނަ ގޮތަށް ޑިޒައިން ކޮށް ފަރުމާ ކުރެވިގެން ނެރެވޭ ފޯނެކެވެ. އެހެން ކަމުން މި ކަން ވެގެންދާނީ އެޕަލްގެ ޕްރޮޑަކްޓް ތަކަށް ލޯބިކުރާ ފަރާތްތަކަށް ހިތް ފަތަހަ ކޮށްލާނެ ވަރުގެ ކަމަކަށެވެ. އެޕަލްއަށް ލޯބި ކުރާ ގިނަ ބަޔަކު ވަނީ އެޕަލް އަަައިފޯންތަށް ވޯޓާ ރެސިސްޓެންސް ފޯނުތަކަށް ވާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. އެ އިންތިޒާރަށް ނިމުން ގެންދިނީ އައިފޯން 7 އެވެ.

ފޯނުގެ އެންމެ ހާއްސަ ކަމަކީ މިފަހަރު އެޕަލްއިން މުޅިން އަލަށް ލޯންޗްކުރި ތަފާތު ދެ ކުލައެވެ. އެގޮތުން އައިފޯން 7 ވިއްކުމަށް ހަމަޖެހިފައިވާ ފަސް ކުލައިގެ ތެރެއިން މުޅިން އަލަށް ނެރުނު ކުލަތަކަކީ ޖެޓްބްލެކް ގެ ނަމުން ނެރުނު ގޮލެސީ ކުލައެއްގެ އިތުރުން މެޓް ބްލެކް ކުލައެވެ. މި ދެކުލައިގެ އިތުރުން އެޕަލްއިން ކުރިންވެސް ނެރެމުން ދިޔަ އައިފޯން ތަކުގައި ހިމެނޭ ގޯލްޑް،ރޯސް ގޯލްޑް އަދި ސިލްވާ ކުލައިގެ އައިފޯންގެ 7 ގެ އެޑިޝަންތަށް ވެސް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯނުގެ ހޯމް ބަޓަން ވެސް ތަފާތު ވާނެ ކަމަށް އެޕަލްއިން ވަނީ ބުނެފަ އެވެ. އެގޮތުން ހޯމްބަޓަން ވެގެންދާނީ ޕްރެޝާ ސެންސިޓިވް އަދި ކަސްޓަމައިޒް ކޮށްލެވޭނެ ހޯމް ބަޓަންއަކަށެވެ.

ލޯލައިޓްއަށް އެޕަލްވެސް

ކޮންމެ އައިފޯނެއްގައި ވެސް އެންމެ ބޮޑު ބަދަލެއް އައަންނީ އެ ފޯނެއްގެ ކެމެރާއަށެވެ. އެގޮތުން އެޕަލްއިން ދައްކާލި އައިފޯން 7 ގެ ވެސް ކެމަރާތަކުގެ ފީޗާސްތަކަށް ވަނީ މޮޅު އަދި ބޮޑު ބަދަލުތަކެއް ގެނެސްފައެވެ. ކެމެރާތަކުގެ ފީޗާސްތަކަށް ބަލާލާއިރު މި ކެމެރާގައި 1.8 ގެ އެޕާޗަރ އެއް ވަނީ ޑިޒައިން ކުރެވިފައެވެ. އަދި އޭގެ އިތުރުން މި ފޯންގެ ކެމެރާއަކީ 12 މެގަޕިކސެލްގެ ކެމެރާއެކެވެ. މި ކެމެރާއަކީ މަޝްހޫރު ޓެކްނޮލޮޖީއެއް ކަމުގައިވާ އޮޕްޓިކަލް އިމޭޖް ސްޓެބަލައިޒޭޝަން ވެސް ހިމެނިގެން ފަރުމާކުރެވިފައިވާ ޕްރޮފެޝަނަލް ކެމެރާއެކެވެ.

އައިފޯނަކީ އަބަދުވެސް ސެލްފީޗނެގުމަށް މޮޅު ފޯނަކަށް ވާއިރު މިފަހަރުގެ އައިފޯންގެ ސެލްފީ ކެމެރާ ވެގެންދާނީ އަށް މެގަޕިކްސެލްގެ މޮޅު އަދި ކޮލެޓީ ކެމެރާއަކަށެވެ. މީގެ އިތުރުން ފޯންގައި އިންސްޓޯލް ކުރެވިފަިވާ ލެޑް ފްލޭޝްލަައިޓަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ފްލޭޝް ލެއީޑީތަށް ވެގެންދާނީ ޓްރޫޓޯން ލެޑް ތަކަކަށެވެ. އަދި މި ފޯން ވެގެންދާނީ ލޯލައިޓް ފޮޓޯތަށް ނަގަންވެސް މޮޅު ފޯނަކަށެވެ.

މީގެ އިތުރުން އައަފޯން 7 ޕްލަސްގެ ކެމެރާއަކީ ޑުއަލް ކެމެރާގެ ގޮތުގައި ފަރުމާކުރެވިފައިވާ ކެމެރާތަކެކެވެ. މި ފޯނުގައި ހިމެނިފައިވާ ޑުއަލް ކެމެރާތަށް ނުވަތަ ތަފާތު ދެ ކެމެރާއަކީ ޒޫމް ކޮށްގެނެ ކޮލެޓީ ފޮޓޯ ނަގާލެވޭ ކެމެރާއެއްގެ އިތުރުން ވައިޑް އޭންގަލް ނަގާލެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ދެ ކެމެރާއެވެ. މި ދެކެމެރާއަކީ ވެސް އައިފޯން 7 ގެ ކެމެރާތަކޭ ވެސް އެއްފަދައިން 12 މެގަޕިކްސެލްގެ 2 ކެމެރާއަށެވެ.

އައިފޯން 7: ދުނިޔޭގެ އެންމެ ފާސްޓު ފޯން

އަައިފޯން 7 އެއް ވެގެންދާނީ ދުނިޔޭގެ އެންމެ ބާރުގަދަ ޗިޕް އެ ސްމާޓްފޯނެއްގައި ހިމެނޭ ފުރަތަމަ ފޯނަށެވެ. މި ފޯނުގައި ވަނީ އޭ 10 ގެ ފުޝަށް ޗިޕް ހިމެނިފައެވެ. މި އާއި އެއްކޮށް މި ފޯން ވެގެންދާނީ އަައިފޯން 6 އަށް ވުރެ ދެގުނަ ފާސްޓް ފޯނަކަށެވެ. އަދި ހަމަ އެފަދައިން އެޕަލްއިން ވަނީ މި ފޯނާއި އެއްކޮށް މި ފޯނާބެހޭ ވަރަށް ތަފާތު އަދި ގިނަ ބަޔަކު އިންތިޒާރުކުރި ފީޗާއެއްވެސް މި ފޯނުގައި ހިމަނާފައެވެ. އެއީ މި ފޯނުގެ ބެޓަރީ ލައިފް އަށް ގެނެވުނު ބަދަލެވެ. މި ފޯނު ވެގެންދަނީ ދުނިޔޭގެ އެންމެ ބާރުގަދަ އަދި ގިނަ ވަގުތު ހިފަހައްޓާނެ ބެޓަރީ ލައިފް އެއް ހިމެނޭނެ ފޯނަށެވެ.

އޯޑިޔޯއަށް މިވަރެއް ނެތް

މިފޯނުގައި ދެން އެންމެ ފާހަގަ ކޮއްލެވޭ ފީޗާއަކަށް ވެފައިވަނީ ހެޑްސެޓް ޖަހަން ވަކި ޕްލަގް އެއް މިފޯނުގައި ހިމެނިފައި ނުވުމެވެ. އޭގެ ބަދަލުގައި މި ފޯނުގައި ވަޔާ ހެޑްސެޓް ފަރުމާ ކުރެވިފައިވާނީ ލައިޓެނިންގެ ޗާޖާގެ ޕްލަގް އިންނަ ގޮތަށެވެ. އަދި ހަމަ އެއާ އެކު އެޕަލް އިން ވަނީ ތަފާތު ބްރޭންޑެއްވެސް މިރޭ ލޯންޗް ކޮއްފައެވެ. އެއީ އިއާޕޮޑްގެ ނަމުން ފަރުމަކޮށް ވަޔާލެސް ކޮށް ބޭނުންކޮށްލެވޭ ގޮތަށް ޑިޒައިން ކުރެވިފައިވާ ހެޑްސެޓެކެވެ. އެޕަލްއިން ބުނި ގޮތުގައި މި ހެޑްސެޓް ފަރުމާ ކޮއްފައިވަނީ އެޕަލްއިން މީގެ އަހަރެއްހާ ދުވަސް ކުރިން ގަތް މަޝްހޫރު ކުންފުންޒެއްކަމުގައިވާ ބީޓްސް ކުންފުންޒާގުޅިގެންނެވެ. އެހެން ކަމުން އެޕަލް އިއާޕޯޑްވެސް ވެގެންދާނީ ގިނަބަޔެއްގެ ހިތަތަށް ކަތިލާނެ ޓެކް ހަތިޔާރަކަށެޗެ. އައިފޯން 7 ގެ އިތުރު އޯޑިއޯ ފިޗާސް ތަކަށް ބަލާއިރު މި ފޯނުގައި ސްޓީރިޔޯ ސިސްޓަމެއް އެކުލެވިފައިވާނެއެވެ. އެހެން ކަމުނެ މި ފޯން ވެގެން ދާނީ އެޕަލްއިން މިދިޔަ އަހަރު ސެޕްޓެމްބަރ މަހު ބާޒާރަށް ނެރުނު އައިފޯން 6އެސް އަށް ވުރެ ދެ ގުނަ އަޑުބާރު ފޯނަކަށެވެ.

ޑިސްޕްލޭވެސް ސަޅިޔޭ

އައިފޯން 7ގެ ޑިސްޕްލޭއަށް ވެސް ވަނީ ފުދޭ ވަރެއްގެ ސަޅި ބަދަލު ތަކެއް ގެނެސްފައެވެ. މި ފޯނުގެ ޑިސްޕްލޭ ވެގެންދަނީ އެންމެ އަލިގަދަ އަދި އެންމެ ކުލަގަދަވެސް އައިފޯނަށެވެ. އައިފޯން 6އެސް ގައިވެސް ހިމެނުނު ފަދައިން މި ފޯނުގައިވެސް 3ޑީ ޓަޗް ހިމެނިފައިވާނެއެވެ.

މި ފޯން ދުނިޔޭގެ ބާޒާރުތަކަށް ނެރެން ހަމަޖެހިފައިވަނީ 16 ސެޕްޓެމްބަރ ގައެވެ، އަދި މި ފޯނުގެ ޕްރީއޯޑާތަށް މިމަހު 9 ވަނަ ދުވަހުން ފެށިގެން ނަގަން ވަނީ ޖަމަޖެހިފައެވެ.