ކުޅުދުއްފުށި

ވިޔަފާރީގެ ގޮތު ބޭނުން ކުރި މިޔަރު މަހާއި އުރަހަތަކެއް އަތުލައިފި

Sep 9, 2016

ގަވައިދާ ހިލާފަށް މިޔަރު ހިފައި ވިޔަފާރީގެ ގޮތުގައި މަހާއި އުރަހަ ބޭނުންކުރަން އުޅެނިކޮށް އެ މަސްތަކާއި އުރަހަތައް ފުލުހުން އަތުލައިފި އެވެ.

ފުލުހުން ބުނީ ހދ. ކުޅުދުއްފުށީގައި ބަޔަކު މީހުން ގިނަ އަދަދެއްގެ މިޔަރު ހިފައިގެން ލޮނުމަސް އަޅަމުން ގެންދާކަމުގެ މައުލޫމާތު ފިޝަރީޒު މިނިސްޓްރީން ހުށަހެޅުމުން ބެލި އިރު ކުޅުދުއްފުށީ އުތުރުކޮޅުގައި އޮންނަ ލޮނުމަސް އަޅާ ސަރަހައްދުގެ އަށިތަކެއްމަތީ މިޔަރުގެ، މަހާއި އުރަހަ ލޮނުއަޅާ ހިއްކަން ބަހައްޓާފައި ހުރި ކަމަށާއި އޭގެ ތެރޭގައި 92 އުރަހަ އާއި މިޔަރު މަސްކަމަށް ބެލެވޭ 42 މަސްބުރި މަސް އޮތް ކަމަށެވެ.

އުރަހަ ތަކާއި މިޔަރުގެ މަސްތައް ފުލުހުން ގެންދިޔަ ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.