އެމްއެންޑީއެފް

އެމެރިކާ އާއި ދިވެހި ސިފައިން ހިންގި "ފިއުޝަން މެޓަލް" ތަމްރީނުތައް ނިންމާލައިފި

Sep 9, 2016

ޔޫއެސް ނޭވީއާއެކު ދިވެހި ސިފައިން ހިންގި ތަމްރީން "ފިއުޝަން މެޓަލް 1-16" ނިންމާލައިފި އެވެ. މި ތަމްރީންތައް ނިންމުމުގެ ގޮތުން ސެންޓްރަލް އޭރިއާ ހެޑްކްއޯޓަޒް، ކައްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރު ކާނަލް މުޙައްމަދު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ޔޫއެސް ނޭވީގެ ސިފައިންގެ ފަރާތުން އެމްއެންޑީއެފަށް ހަނދާނީ ފިލައެއް އެރުވި އެވެ. ޔޫއެސް ނޭވީގެ ސިފައިންގެ ފަރާތުން މި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ލެފްޓިނެންޓް މައިކަލް މޯފެޓިސްއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން މި ފިލައާ ހަވާލުވެލެއްވީ ކާނަލް މުޙައްމަދު އިބްރާހީމެވެ.

އޯގަސްޓް 28 ން މިއަދާ ހަމައަށް ކައްދޫގައި ހިންގި ފިއުޝަން މެޓަލް ތަމްރީން ޕްރޮގްރާމުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި އެވެ. މި ތަމްރީނުތަކުގައި ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކުރުމާއި ދިފާއީ ކަންކަމަށް އަހުލުވެރިކުރުވުމަށް، ޢަމަލީ ތަޖުރިބާ ހޯދި އެވެ.