ޓެކްނޯލޮޖީ

ހައްޖުވެރިންނަށް ފިނިކޮށްދޭ، މަގު ދައްކައިދޭ ކުޑަ!

މައްކާއަކީ ހޫނު ގަދަ ތަނެކެވެ. ސައުދީގެ މީހުން ނުވަތަ އަރަބި މީހުންނަށް ނޫނީ ގިނަ ފަހަރަށް އެ ހޫނު ބަރުދާހެއް ނުކުރެވޭނެ އެވެ. ގިނަ ވަގުތު ހުސް ބިމެއްގައި ގަދަ އަވީގައި އަޅުކަމުގައި ހޭދަކުރަން ޖެހުމަކީ ބައެއް މީހުންނަށް ވަރަށް ވޭން ދެނެވި ކަމެކެވެ. އަދި ބައެއް މީހުންގެ ބަލި ހާލަތު ހުންނަ ގޮތުން އެމީހުންނަށް ކުރަން ނުކުޅޭ ކަމެކެވެ.

މިކަމަށް ހައްލެއް ހޯދުމަށް ސައުދި އަރަބިއްޔާ އަދި ފަލަސްތީނުގެ މީހެއް ވަނީ އާ އުފެއްދުމެއް އުފައްދާފަ އެވެ. އެއީ ސޯލާ ޕަވާޑް ސަން އަނބުރެއްލާ އެވެ. މި ކުޑައިގައި ފަންކަލަކާއި ފްލެޝް ލައިޓަކާއި ޖީޕީއެސް އަދި އިލެކްޓްރޯނިކް ޑިވައިސްތައް ޗާޖްކުރެވެން ހުރެ އެވެ.

ސައުދީގެ އިންޖިނިއަރެއް ކަމަށްވާ ކަމަލް ބަދަވީއަށް މި އުފެއްދުމުގެ ހިޔާލު އައީ އޭނާ ހައްޖަށް ގޮސް އުޅުމުގެ ތެރޭގައި މީހުން އުޅޭ ހާލު ފެނިފަ އެވެ. އޭނާ ބޭނުންވީ މީހުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ.

މި ކުޑަ އުފެއްދުމުގައި ބައިވެރިވި ފަލަސްތީނުގެ މަނާލް ބުނީ، ހައްޖަށް ގޮސް އަޅުކަމުގައި އުޅޭއިރު ބައެއް ފޯނުފަދަ ތަކެތި ޗާޖްކުރާނެ ގޮތެއް ނެތިގެން ވަރަށް ގިނަ މީހުން އުޅޭ ކަމަށެވެ. އަދި ބައެއް ފަހަރަށް މަގު އޮޅި، ބައިވެރިން ގެއްލޭ ކަމަށެވެ. އެހެންކަމުން އެމީހުން ބޭނުންވީ އެ ހުރިހާ ކަމެއް ހޯދައިދޭނެ އެއް އުފެއްދުން އުފެއްދުމަށް ކަމަށް މަނާލް ބުންޏެވެ. އޭގެ ނަތީޖާއަކީ މި ކުޑަ އެވެ.