އެމްއެންޑީއެފް

އިންޓަނޭޝަނަލް ރިސާޗް ކޮންފަރެންސްގައި ދިވެހި ސިފައިން

ސްރީލަންކާގެ ސާ ޖޯން ކޮތަލާވަލަ ޑިފެންސް ޔުނިވާސިޓީ (ކޭޑީޔޫ) ގެ ފަރާތުން ބޭއްވި ނުވަ ވަނަ އިންޓަނެޝަނަލް ރިސާޗް ކޮންފަރެންސްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ "ޕްރޮފެޝަނަލް އިންޓަގްރޭޝަން ފޯ އަ ސެކިއުއާ ނޭޝަން"ގެ ނަމުގައި ކޭޑީޔޫގައި ބޭއްވި އެ ރީސާޗް ކޮންފަރަންސް އަކީ ބައިނަލްއަގްވާމީ ފެންވަރުގެ ތަފާތު ދާއިރާތަކުގެ ފަންނީ މާހިރުންނާއި ރިސާޗަރުންގެ މައުލޫމާތުތައް ހުށަހެޅުމަށާއި ގައުމު ތަރައްގީކުރުމަށް ބޭނުންވާ ރިސާޗް ހިއްސާކުރުމުގެ ކޮންފަރެންސްއެއް ކަމަށެވެ.

މި ރީސާޗް ކޮންފަރަންސް ބޭއްވީ މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ.

އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް (ސީޑީއެސްއެސް) ގެ ކޮމާންޑިން އޮފިސާ ކާނަލް ވައިސް ވަހީދު މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ 200 އަށް ވުރެ ގިނަ ރިސާޗަރުން ތަފާތު ނުވަ ދާއިރާއަކުން، ޕްރެސެންޓޭޝަންތައް ހުށައަޅާދިނ އިރު ވައިސް ވަހީދުވެސް ޕްރެސެންޓޭޝަނެއް ހުށަހަޅައި ދިނެވެ.

މި ކޮންފަރެންސަކީ 2007 ން ފެށިގެން ސްރީލަންކާގެ ހުންނަ ހަމައެކަނި ޑިފެންސް ޔުނިވާސީޓީ، ސްރީލަންކާގެ ކޭޑީޔޫ ފަރާތުން އަހަރަކު އެއްފަހަރު އިންތިޒާމްކުރާ ރިސާޗް ކޮންފަރެންސް އެކެވެ.