ހަބަރު

ޗައިނާ-ރާއްޖެ ފްރީ ޓްރޭޑް އެއްބަސްވުމުގެ ފަހު މަޝްވަރާތައް މިމަހު

Sep 14, 2016

ރާއްޖެ އާއި ޗައިނާއާ ދެމެދު އެކުލަވާލައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފަހު މަޝްވަރާތައް ޗައިނާގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މި މަޝްވަރާތައް ޗައިނާގައި ބާއްވަން ނިންމާފައި ވަނީ މި މަހުގެ 26 އިން އަންނަ މަހުގެ ދެވަނަ ދުވަހަށެވެ. މަޝްވަރާތައް ކުރިޔަށްގެންދަން ނިންމާފައިވާ ގޮތުގެ ތަފުސީލް އިކޮނޮމިކް މިނިސްޓްރީން އަދި އާންމުކޮށްފައެއް ނުވެއެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމަށް މަޝްވަރާތައް ފެށީ މިދިޔަ އަހަރު އެވެ. މިހާތަނަށް ހަތަރު ބައްދަލުވުމެއް ބާއްވާފައިވާއިރު ރާއްޖޭގައި ދެ ބައްދަލުވުމެއް ބާއްވާ މަޝްވަރާކޮށްފައި ވެއެވެ.

މި މަޝްވަރާތަކަށްފަހު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއި ކުރާނެ އެވެ.