އެކްސިޑެންޓް

އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކު ޒަހަމްވެއްޖެ

Sep 14, 2016

އެމްޕީއެލް ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައި ބަޔަކު ޒަހަމްވެއްޖެ އެވެ. މިރޭ ގާތްގަނޑަކަށް 10:30 އެހާކަންހާއިރު ބޮޑު ތަކުރުފާނު މަގުން މި އެކްސިޑެންޓް ހިންގީ އެ މަގުންއެމްޕީއެލް ސަރަހައްދު ކައިރިން ދުއްވިދިޔަ ކާރަކާއި ދެ ސައިކަލު ޖެހިގެނެވެ.

އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު އެއީ ދެ ސައިކަލު ގައި ތިބި ހަތަރު މީހުންނެވެ. އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ.

ފުލުހުން ބުނީ އެ އެންމެނަށް ވެސް އެކި ކަހަލަ ޒަހަމްތައް ލިބިފައިވާ ކަމަށާއި އެންމެނަށް ވެސް އައިޖީއެމްޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓްގެ ހާދިސާ ފުލުހުން ބަލައި ތަހުގީގު ކުރަމުން އަންނަ އިރު އައިޖީއެމްއެޗުން ބުނީ މިރޭގެ އެކްސިޑެންޓެއްގައި އަނިޔާވި މީހުނަށް ހޮސްޕިޓަލުގެ އިމަޖެންސީގައި ފަރުވާދެމުން އަންނަ ކަމަށާއި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށާއި އެހެން ނަމަވެސް އަންހެން މީހާގެ ފައިގައި ރެނދެއްލާފައިވާ ކަމަށެވެ.