ޓެކްނޯލޮޖީ

ސްޕޮޓިފައި އަށް ކާމިޔާބުގެ އަހަރެއް!

ލަވަ އަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އެންމެ ބޮޑުވެފައި އޮންނަނީ ލަވަ ސްޓްރީމްކުރާ ސޮފްޓްވެއާތަކުގެ ސަބަބުންނެވެ. އެގޮތުން މަދު ދުވަސް ކޮޅެއްގެ ތެރޭގައި ގިނަ ބަޔެއްގެ ޝައުގުވެރިކަން ދަމައިގަތް އެއް ސްޓީރިމިންގް އެޕްލިކޭޝަނަކީ ސްޕޮޓިފައި އެވެ.

އަށް އަހަރުވީ މި އެޕްލިކޭޝަންއަށް ވަނީ ވަރަށް ވެސް ބޮޑު ކާމިޔާބެއް ލިބިފައެވެ. ފައިސާ ބޭނުން ކޮށްގެން މި އެޕްލިކޭޝަންގެ ހިދުމަތް ހޯދާފަރާތް ތަކުގެ އަދަދު 40 މިލިއަނަށް އަރާފައެވެ. ސަތޭކަ މިލިއަނެއްހާ ސަބްސްކަރިބަރުން ބޭނުންކުރާ މި އެޕްލިކޭޝަންގެ ބޮޑު ބަޔަކީ ފައިސާއިން އޯޑިޔޯ އަދި ވީޑިޔޯ ލަވަ ގަނެވޭ ފަދަ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަންގެ ބައެއް ފީޗާތަކަކީ ހިލޭ ޓްރައިލް އެއް ގޮތުގައި ބޭނުންކުރެވޭ ފީޗާތެކެކެވެ. މި އެޕްލިކޭޝަނަށް 40 ޕެއިންގް ސަބްސްބަކރިބަރުން ލިބުނު ކަންވަނީ ސްޕޮޓިފައިގެ ސީއީއޯ ޑެނިއަލް އީކޭ ޓްވީޓަކުން ކަށަވަރުވެފައެވެ.

ވޭތުވެދިޔަ ދެއަހަރު ތެރޭ ސްޕޮޓިފައި މިވަނީ ބޮޑު ސަބްސްކަރައިބް ބޭސް އެއް ހޯދަމުންނެވެ. މިއަހަރު ފެށުނު އިރު ސްޕޮޓިފައިގެ ޕެއިންގް ސަބްސްކަރައިބަރުންގެ އަދަދަކީ 15 މިލިއަނެނެވެ. އަދި މި އައަހަރުގެ މާޗް މަހު މި އަދަދު ވަނީ 30 އަށް އަރާފައެވެ. އެހެންކަމުން މިއަހަރު ވެގެން ގޮސްފައިމިވަނީ ސްޕޮޓިފައި އަށް އެންމެ ކާމިޔާބު އަހަރަށެވެ.

ސްޕޮޓިފައިން މިއަދަދު ހާމަކޮށްފައިމިވަނީ އެޕަލްއިން އެމީހުންގެ އަދަދު ހާމަކުރިތާ ހަފްތާއެއްވެސް ނުވަނީހެވެ. ސްޕޮޓިފައިގެ އެންމެ ވާދަވެރި ބަޔަކަށް މާކެޓުގައި އުޅޭ އެޕަލް މިއުޒިކްގެ ޕެއިން ސަބްސްކަރިބަރުންގެ އަދަދަކީ 17 މިލިއަނެެވެ. އަހަރެއްހާ ދުވަސްވެސް ނުވާ އެޕަލް މިއުޒިކަށް މިއަދަދަކީ ވެސް ރިކޯޑް އަދަދެކެވެ. ކުޑަދުވަސް ކޮޅެއްތެރޭ ގިނަ އައިއޯއެސް ގެ ހިތްތަށް މިވަނީ އެޕަލް މިއުޒިކާ ދިމާއަށް ދަމައިގަނެފައެވެ. އެންޑްރޮއިޑްގައި ސަޕޯޓްކުރި ނަމަވެސް އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އަދިވެސް އެންމެ ބަރާބަރީ ސްޕޮޓިފައިއެވެ.