ހަބަރު

ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖް: އެންމެ މޮޅު ދިވެހި ޝެފަކަށް ފަތީން

Sep 15, 2016

މި މަހުގެ ކުރީކޮޅު ދަރުބާރުގޭގައި ބޭއްވި ހޮޓެލް އޭޝިއާ އިންޓަނޭޝަލް ކަލިނަރީ ޗެލެންޖްގެ ވަނަތައް ހޮވައި، އިނާމް ދީފި އެވެ. މި ޗެލެންޖްގެ ނަތީޖާ ފާޅުކުރުމުގެ ހަފުލާ އޮތީ ހުޅުލެ އައިލެންޑް ހޮޓެލްގަ އެވެ.

މި ޗެލެންޖްގެ އެންމެ މޮޅު ދިވެހި ޝެފަކަށް ހޮވިފައިވަނީ ބަނޑޮސް އައިލެންޑްގެ އަހުމަދު ފަތީނެވެ. ފަތީން ވަނީ ހަނީމޫން ކޭކު ކެޓަގަރީން ވެސް ތިންވަނަ ހޯދާފަ އެވެ.

މީގެއިތުރުން މޯސްޓް އައުޓްސްޓޭންޑިން ޝެފަކަށް ހޮވިފައިވަނީ ހައިޑްއެވޭ ރިސޯޓް އެންޑް ސްޕާގެ ކިރިސްޓޮފަށެވެ. އެންމެ މޮޅު ޕޭސްޓްރީ ޝެފަކަށް ހޮވިފައިވަނީ ހުޅުލެ އައިލެންޑް ހޮޓެލްގެ އިންދްރަ ކުމާރެވެ.

އެހެން ވަނަތައް:

  • ބެސްޓް ކަލިނަރީ އެސްޓަބްލިޝްމެންޓް: ޕާ އެކުމް (ހުވަފެންފުށި)
  • ޓީމް ޗެލެންޖް އެއްވަނަ: ކެޓްރިކް އަދި ނާންޑާ ކުމާރު (ކުރުނބާ މޯލްޑިވްސް)
  • ޓީ ޗެލެންޖް އެއްވަނަ: ފާމް ތީ ހޮންގް ލައި (ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް
  • ޑްރެސް ދަ ކޭކް އެއްވަނަ: އިންދުރާ ކުމާރު (ހުޅުލެ އައިލެންޑް ހޮޓެލް)
  • ނޮވެލްޓީ ކޭކް އެއްވަނަ: އިންދުރާ ކުމާރު (ހުޅުލެ އައިލެންޑް ހޮޓެލް)
  • ޑެސާޓް އެއްވަނަ: ރަންގްސިމެންޓް ޕަރަ (ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް)
  • ބްރެޑް އެންޑް ޕޭސްޓްރީ ޑިސްޕްލޭ އެއްވަނަ: ސަމީރާ ސަންޕަޓް (ފިހަޅޮހި އައިލެންޑް ރިސޯޓް)
  • ހޮޓް ޕާސްޓާ އެއްވަނަ: އިބްރާހިމް އާތިފް (ބަރޮސް މޯލްޑިވްސް)
  • ކްރިއޭޓިވް އޭޝިއަން ޑިޝް އެއްވަނަ: ޓްރޮންގ ވިންހ (ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް)
  • ޔަންގް ޝެފް: ކެމަރަން ގުޑްވިން (ގިލިލަންކަންފުށި)
  • އައިޒްޑް މޮކްޓެއިލް އެއްވަނަ: އަލީ ހަމްދާން (ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް)
  • ހޮޓް ކުކިން ސީފުޑް އެއްވަނަ: ކެޓްރިކް (ކުރުނބާ މޯލްޑިވްސް)

ވަނައަށް ދިޔަ ފަރާތްތަކަށް އަގު ބޮޑެތި އިނާމްތަކެއް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ފައިސާގެ އިނާމާއި ބޭރު ގައުމުތަކަށް ދެކޮޅު ޓިކެޓާއި އިލެކްޓްރޯނިކްސް އާއި ބަދިގެ ސާމާނު ހިމެނެ އެވެ.

މި ޗެލެންޖް 20 ކެޓަދަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔައިރު 500 އަށްވުރެ ގިނަ ބައިވެރިން މި ޗެލެންޖްގައި ބައިވެރިވެފައިވެއެވެ. ޗެލެންޖަށް ލިބުނު ތަރުހީބު ބޮޑުކަން އެނގިގެން ދަނީ މި ޗެލެންޖްގައި ރާއްޖޭގެ 40 އަށްވުރެ ގިނަ ހޮޓެލާއި ރިސޯޓުން ބައިވެރިވެފައިވުމުންނެވެ.

ޗެލެންޖްގައި ޖަޖްކަން ކޮށްފައިވަނީ 18 އިންޓަނޭޝަނަލް ޝެފުންނެވެ.