ވިޔަފާރި

މޯލްޑިވްސް މެރިން އެކްސްޕޯ ފުރިހަމައަށް ތައްޔާރުވެފައި

Sep 16, 2016
1
  • މެރިން އެކްސްޕޯ އޮތީ 27އިން 30 އަށް
  • ހުޅުމާލެ ފެރީ ޓާމިނަލް ކައިރީ ހުސްބިމުގައި
  • މިއަހަރުވެސް 30 އަށްވުރެ ގިނަ ކުންފުނި

ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ މޯލްޑިވްސް މެރިން އެކްސްޕޯ 2016 30 އަށްވުރެ ގިނަ ސްޓޯލާއެކު ބާއްވަން ތައްޔާރުވެއްޖެ އެވެ.

"ބްލަކު" ން އިންތިޒާމުކޮށްގެން ރާއްޖޭގެ މެރިން އިންޑަސްޓްރީއަށް ބާއްވާ މެރިން އެކްސްޕޯ މި އަހަރު ބާއްވަނީ ހުޅުމާލޭގަ އެވެ. މި އަހަރުގެ ފެއާ އޮންނަނީ މިމަހުގެ 27-30 ގެ ނިޔަލަށެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މި އަހަރުގެ ފެއާއަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި، ފެއާގެ އެންމެ ފަހުގެ އިންތިޒާމުތައް ފަށާފައިވާ ކަމަށެވެ.

މި އަހަރުގެ މެރިން އެކްސްޕޯގައި މާހިރުންނާއި ސްޕެޝަލިސްޓުންގެ ވާހަކަތައް ގެނެސްދޭ "މެރިން ޓޯކްޝޯ" އަކާއި މޫދު ކުޅިވަރުގެ މުބާރާތެއްގެ އިތުރުން ކުރެހުމުގެ މުބާރާތެއްވެސް އޮންނާނެ އެވެ.

ބްލަކުން އެންމެ ފަހުން ބޭއްވި މެރިން އެކްސްޕޯގައި 15 ސެމިނާއެއް އިންޑަސްޓްރީގެ ފަރާތްތަކަށް ބޭއްވިއިރު، މި ފެއާަށް 3،000 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.