ޓެކްނޯލޮޖީ

ޓައިމްލޭޕްސަށް ލޯބިކުރާ ފަރާތްތަކަށް މީހަމަ މަރެއް!

ދުނިޔެ ދުވަހަކަށް ވުރެ ދުވަހެއް ކުރިއަރަނީއެވެ. އިންސާނުންގެ އީޖާދުތަށް ގިނަވާން ފަށައިފިއެވެ. އެއްޕްރަޑަކްޓަށް ވުރެ އަނެއް ޕްރޮޑަކްޓް މޮޅުކުރަން މަސަތްކަތް ކުރާ މީހުން ހުރިހާ ދިމާލެއްގައެވެ. އީޖާދުކުރާ ޕްރަޑަކްޓްތަށް ވެދުގައި ވާދަވެރިކަން ބޮޑުވެގެންދަނީއެވެ. ޓެކްނޮލޮޖީއިން ދުނިޔެ ފަރިކޮއްލައިފިއެވެ. މިއަދު އަހަރަމެންގެ ތެރޭގައި އެންމެ މަގްބޫލް އެއް ޕްރޮޑަކްޓަށް ވެފައިމިވަނީ ޑްރޯންއެވެ. ހެލިކަޕްޓަރެއް ބޭނުން ކޮށްގެން ބޮޑުހަރަދުކޮށް ނަގާ ފިލްމުތަކުގެ މަންޒަރްތަށް މިހާރު ނަގާލަނީ އަތުގައި އޮށްނަ ރީމޯޓަކުން ކޮންޓްރޯލްކޮށްލައިގެންނެވެ.

އޭރިއަލް ޝޮޓްތަށް ނެގުމަށްޓަކައި ޑްރޯން ބޭނުންކުރާ ފަރާތްތަކަށް މިފަހަރު މިއޮތީ ޑްރޯން ކަހަލަ އެހެން ޕްރޮޑަކްޓެއް އެމީހުންނާ ހިސާބަށް އަނަނަން ތައްޔާރުވެފައެވެ. ސިރަޕް ނަމަކަށް ކިޔާ ކުންފުންޏަކުން މިވަނީ ސްލިންގްޝޮޓްގެ ނަމުން ނަންދެވިގެން ނެރެވޭ އޭރިއަލް ޓައިމްލޭޕްސަށް ހާއްސަކުރެވިގެން ފަރުމާ ކުރެވިފައިވާ ޕްރްޑަކްޓެއް ބާޒާރަށް ނެރެން ތައްޔާރުވެފައެވެ. މިޕްޑަކްޓަކީ ޑީއެސްއެލްއާރު ކެމެރާ މައުންޓްކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ވަރުގަދަ އަދި ޓެކްނޮލޮޖީގޮތުން ވަރަށް ފުރިހަމައަށް ހެދިފައިވާ މައުންޓެކެވެ.. މި މައުންޓް ފަރުމާ ކުރެވިފައިވާގޮތުން މި މިއައުންޓް ސަލައިޑްކުރުމަށް ޒިޕްލައިންއެއް ބޭނުންވާއިރު މި ޒިޕްލައިން ބޭނުންކޮށްގެން 300 ފީޓްއަށް ސަލައިޑްކުރެވޭނެއެވެ. އެއީ 100 މީޓަރެވެ.
.

ޑްރޯންއަކަށް ވުރެ ސްލިންގްޝޮޓްވެގެން ދާނީ މާ ރައްކާތެރިވެސް ޕްރޮޑަކްޓަކަށެވެ. ޑްރޯންތަކަކީ އެއްވެސް ޒިޕްލައިނެއް ނެތި ދުއަވާ އުޅަދެއްކަމުން އެ ޗާޗް ހުސްވެ ވެއްޓޭގޮތް ދިމާވެއެވެ. އެހެންނަމަވެސް ސްލިންގްޝޮޓްގައި ބޭނުންކުރެވޭ ޒިޕްލައިންގެ ސަބަބުން ކެމެރާގެ ނުވަތަ މައުންޓްގެ ޗާޖް ހުސްވެ ނުވަތަ މައްސަލަ ޖެހިއަގެ ހާލަތެއްގައިވެސް މި ޕްރޮޑަކްޓް ނުވެއްޓޭނެއެވެ. އާމުކޮށް ޑްރޯންފަދަ ޕްރޮޑަކްޓްތަކަކީ މީހުން ގިނަ ތަންތާގައި ވައިގެ ތެރެއަށް އަރުވާލާ އުޅަދެއްގެ ސަބަބުން އެއަށް ގެއްލުމެއްވެ ވެއްޓޭހާލަތްތަކުގައި ގިނަ ބަޔަކަށް އަނިޔާވެސް ވެދާނެ އެއްޗެކެވެ. އެހެންކަމުން ސްލިންގްޝޮޓް ފާހަގަކޮށްލެވެނީ ޑްރޮންނަށް ވުރެ ސަލާމަތީގޮތުން މާ ރައްކާތެރި ޕްރޮޑަކްޓަކަށެވެ. މި ޕްރޮޑަކްޓާއި ޑްރޯންގެ ދެމެދު އެންމެ ބޮޑު އެއް ވައްތަރުކަމަކީ މި ދެޕްރޮޑަކްޓްވެސް ގަދައަށް ވައިޖެހޭނަމަ ސްޓޭބަލްނުވުމެވެ. ނަމަވެސް ކިތަންގެ ގަދައަށް ވައި ޖެހުނު ކަމުގައި ވިއަސް ސްލިންގްޝޮޓް ވައިގެ ތެރޭގައި ގެންގުޅެލަން ރައްކާތެރެިވާނެއެވެ. ސަބަބަކީ ސްލިންގްޝޮޓަކީ ޒިޕްލައިނެއްގައި މައުންޓްކުރާ އެއްޗަކަށް ވުމެވެ.

ސްލިންގްޝޮޓާއި އެކު ލިބޭ ކޭބަލް ސިސްޓަމަކީ ވަރަށް ވެސް ވަރުގަދަ ޒިޕްލައިންނެއްކަން ފަހަގަކޮށްލެވެއެވެ. އެގޮތުން މި ޒިޕްލައިން އަކީ އެއްފަހަރަ 17.6 ޕައުންޑްގެ ބަރުދަން ހިފަހައްޓާލެވޭ ކޭބަލް ސިސްޓަމެކެވެ. މި މައުންޓުގައި ކެމެރާގެ އިތުރުން ޖިނީ ސިސްޓަމެއްވެސް ވަނީ ހަރުކުރެވިފައެވެ. މިސިސްޓަމުގެ ޒަރިއްޔާއިން މި ސްލައިޑިންގް މައުންޓް ކޮންޓްރޯލްކުރެވޭނެއެވެ. ވައިފައިވެސް ހިމެނިފަައިވާ މި ސިސްޓަމް ފޯނާ ގުޅާލުމަށްޓަކައި ޖިނީ އެޕްލިކޭޝަނެއް އަޅާލަން ޖެހެއެވެ. މިއެޕްލިކޭޝަންގެ ރޭންޖާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ސިރަޕް އިން އާމުކޮށްފައި ނުވެއެވެ.

ޓައިމްލޭޕްސަށް ފަރުމާ ކުރެވުނު ނަމަވެސް މި ޕްރޮޑަކްޓް ވީޑިޔޯ އަދި ފޮޓޯ ނެގުމަށްވެސް ބޭނުން ކުރެވޭނެއެވެ. އަދި ސްލިންގްޝޮޓަކީ ގެންގުޅެލަންވެސް ފަސޭހަ ޕްރޮޑަކްޓެކެވެ. އެގޮތުން މި ޕްރޮޑަކްޓްއަކީ ބެކްޕެކަކަށް ލައިގެން ގެންގުޅެލެވޭހާ އަތަށް ފަސޭހަ ޕްރޮޑަކްޓެއްކަން ފާހަގަކޮށްލެވެއެވެ. އަދި މި ޕްރޮޑަކްޓާއި އެއްކޮށް ޒިޕްލައިން ނުވަތަ ކޭބަލް ސިސްޓަމްވެސް ލިބެއެވެ.

ސިރަޕްއަކީ ޓައިމްލޭޕްސް ހެދުމަށްޓަކައި ހާއްސަކޮށްގެން ތަފާތުއެކި ޕްރޮޑަކްޓްތަށް ބާޒާރަށް ނެރޭ ކުންފުންޏެކެވެ. ޓައިމްލޭޕްސްގެ އިތުރަށް ވެސް އެޕްރޮޑަކްޓްތަށް ބޭނުންކޮށްގެން ރިއަލްޓައިމް ވީޑިޔޯ ތަށްވެސް ނާގާލުމުގެ ކުޅަދާނަކަން މި ޕްރޮޑަކްޓްތަކަށް ލިބިފައިވެއެވެ.

އެހެންކަމުން ކޮންމެއަކަސް މި ވެގެންދާނީ ޑްރޯން އުފައްދާފަރާތްތަކަށް އޮތް ވަރަށް ވެސް ބޮޑު ބިރަކަށެވެ. ދިވެހިންގެ ތެރޭގައި ވެސް މީގެ ޖާދޫގައި ޖެހޭނެ މީހުން ވަކި މަދު ނުވާނެއެވެ. އޭރިއަލް ފޮޓޯ އަދި ވީޑިއޯ ކުރަން ލޯބި ކުރާ ފަރާތްތަށް މިހާރު ތިބޭނީ މި ނެރޭނެދުވަހަކަށް ކެއްމަދުވެފައިކަން ކަށަވަރެވެ.