ޓެކްނޯލޮޖީ

އައިފޯންގެ ޖެޓްބްލެކް ވިކި ހުސްވެއްޖެ!

މިމަހު 7 ވަނަ ދުވަހު ދައްކާލި އައިފޯން 7 އަދި 7 ޕްލަސްގެ ފޯނުތަކުގެ ޖެޓްބްލެކް ކުލަ ވިކި ހުސްވެއްޖެ ކަމަށް އެޕަލްއިން ބުނެފި އެވެ.

އިއްޔެގެ ވަގުތެއްގައި އެޕަލްއިން ނެރުނު މިބަޔާނުގައި ބުނެފައިވަނި އައިފޯން 7 ކަށް ހީކުރި ވަރަށްވުރެ ބޮޑު ތަރުހީބިއް ލިބިފައިވާ ކަމަށާއި މިއަދު ޖެޓް ބްލެކް އެއްކޮށް ހުސްވެފިއިވާ ކަމަށެވެ. އަދި އެހެން ކުލަ ތަކުގެ ތެރެއިން ވެސް މުޅި ޖުމުލަ މިހާރު ތިބީ މަދު އަދަދެއްގެ ފޯނުތަށް ކަމަށެެވެ. އެގޮތުން މިހާރު ހުރި ފޯނުތަށް ވެސް ވިއްކާނީ ލިމިޓް ކޮށްގެން ކަމަށް މި ބާޔާނުގައި ވަނީ ބުނެފައެވެ.

އައިފޯން 7 އަދި 7 ޕްލަސް ގެ ޖެޓްބްލެކް ވިކި ހުސްވެފައިވަނީ އޮންލައިން ޕްރީ އޯޑަރ ގެ ތެރެއިންނެވެ. މިކުލަ ހުސްވި ނަމަވެސް ވީ އެންމެ އަވަހަކަށް މިކުލައިގެ ފޯންތަށް ކަސްޓަމަރުނަނަށް ލިބޭނެ ގޮތް ހެދުމަށް އެޕަލްއިން ގެންދަނީ ހަލުވި ސްޕީޑެއްގައި މަސަތްކަތް ކުރަމުންނެވެ.

އެޕަލްއިން މިއަދު މިވަނީ މި ފޯން ބާޒާރަށް ރަސްމީކޮށް ނެރެފައެވެ. ދެވަނަ ލޯންޗިން އޮންނާނީ 23 ވަނަ ދުވަހު އެވެ. މިފޯނު ގަތުމަށް ގިނަ ބަޔަކު ވަނީ އެޕަލްގެ ސެންޓަރު ތަކުގެ ބޭރުގައި ދިގު ކިއުތަކެއް ހަދާފައެވެ. ނަމަވެސް ޕްރީ އޯޑާ ނުކުރާ ފަރާތްތަކަށް ޖެޓްބްލެކް ކުލައިގެ އައިފޯން ނުލިބޭނެ އެވެ. މިކުލަ ބޭނުންނަމަ އަދި ދުވަސް ކޮޅަކަށް މަޑުކޮށްލަން ޖޭހެނެ ކަމަށް އެޕަލްއިން މިވަނީ ބުނެފައެއެވެ. ޖެޓްބްލެކް ކުލައިގެ އިތުރުން މި ފޯނުގެ އަނެއް 4 ކުލައިންވެސް ލިބެން ހުއްނާނެ އެވެ. އެކުލަތަކަކީ ސިލްވާ، ގޯލްޑް، ރޯސްގޯލްޑް އަދި މެޓް ބްލެކް ކުލަައެވެ. މި ގޮތުން މިފަހަރު އަލަށް ތައާރަފް ކުރި ދެކުލައަކީ ޖެޓްބްލެކް އަދި މެޓް ބްލެކް ކުލަ އެވެ.

މި ފޯނަކީ އެޕަލްއިން މިހާތަނަށް ނެރޭ ފުރަތަމަ ވޯޓާ ރެސިސްޓެންސް ނުވަތަ ފެން ނުވަންނަ ގޮތަށް ޑިޒައިން ކޮށް ފަރުމާ ކުރެވިގެން ނެރެވޭ ފޯނެވެ. މި ފޯނުގައި ދެން އެންމެ ފާހަގަ ކޮއްލެވޭ ފީޗާއަކަށް ވެފައިވަނީ ހެޑްސެޓް ޖަހަން ވަކި ޕްލަގެއް ހިމެނިފައި ނުވުމެވެ. އޭގެ ބަދަލުގައި މި ފޯނުގައި ވަޔާ ހެޑްސެޓް ފަރުމާ ކުރެވިފައިވާނީ ލައިޓެނިންގެ ޗާޖާގެ ޕްލަގް އިންނަ ގޮތަށެވެ.