ގދ. ގައްދޫގައި ހަލުވި ސްޕީޑެއްގައި ޑެންގީ ހުން ފެތުރެމުންދާތީ މަދިރި މަދުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ގައްދޫ ސިއްހީ މަރުކަޒާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްތައް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެ އެވެ. މި ޕްރޮގްރާމްގެ ތެރޭގައި ރަށުތެރެ ސާވޭކޮށް މަދިރި އާލާވާގޮތަށް ހުރި ތަންތަން ބަލައި އެކަންކަން ރަނގަޅުރުމަށް ފުރުސަތު ދީފައިވެ އެވެ. އަދި މަދިރި މަދުކުރުމުގެ ގޮތުން ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ރަށުގެ އެކި ސަރަހައްދުތައް ދަނީ ފޮގް ކުރަމުންނެވެ.
މި މަސައްކަތުގައި ގައްދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ގައްދޫ ސިއްޙީ މަރުކަޒުގެ މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ.