ޓެކްނޯލޮޖީ

އެމެރިކާގެ ފްލައިޓްތަކަށް ވެސް ނޯޓް7 އެރުވުން މަނާކޮށްފި

ބެޓަރި ގޮވާކަމަށް ބުނާ ސެމްސަންގް ނޯޓް7ގެ ފޯނުތަށް އެމެރިކާގެ ފްލައިޓްތަކަށް އެރުވުން ރަސްމީކޮށް މަނާކޮށްފިއެވެ.

މިކަން މަނާކޮށްފައިވަނީ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިއްނެވެ. އެފްއޭއޭ އިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވާ ގޮތުން ސަލާމަތީގޮތުން އަޅަން ޖެހޭ ފިޔަވަޅެއްގެ ގޮތުން އެމެރިކާގެ ފްލައިޓްތަކުގައި ފޯން އޮން ކުރުމާއި ޗާޖަށް ޖަހުމާއި އަދި އޮންބޯޑްގައި ފޯނާ ކުޅުމަކީ މަނާކަމެއްކަން އިއުލާން ކޮށްފައިވެއެވެ. އޭގެ އިތުރުން ފްލައިޓް ތެރޭ ފޯން ޗާޖް ކުރުންވެސް ވަނީ މަނާކޮށްފައެވެ. އެފްއޭއީއިން އިތުރަށް މިބަޔާނުގައި ބުނެފައިވާ ގޮތުން ފްލައިޓަށް އަރާއިރު ފޯން އޮއްނަން ޖެހޭނީ އެއްކޮށް ނިއްވާލެވިފައެވެ. ފްލައިޓް މޯޑުގައި ވެސް އެމެރިކާގެ ކޮންމެ ފްލައިޓައްގައި ނަމަވެސް މި ފޯންގެ ބޭނުންކުރުމަކީ މަނާކަމެކެވެ.

މިކަން ރަސްމީގޮތެއްގައި މިއަދު އިއުލާން ކުރެވުނު ނަމަވެސް މިމަހުގެ 8ވަނަ ދުވަހު އެފްއޭއޭ އިން ވަނީ މި ފޯންގެ ބޭނުން ފްލައިޓްތަކުގެ ތެރޭގައި ނުކުރުމަށް އިލްތިމާސް ކޮށް ބަޔާނެއްނެރެފައެވެ. ނަމަވެސް އޭރު ބޭނުންކުރުން މަނާކޮށްފައިނުވެއެވެ.

މިހެން އެފްއޭއޭ އިން ބުނެފައި މިވަނީ ސެމްސަންގްއިން ނޯޓް7ގެ ރިޕްލޭސްމެންޓް ނުވަތަ އިތުރަށް އޭގައި ޖެހުނު މައްސަލަ ހައްލުކުރަމަށް ފަހު ނެރޭ ސީރީސް ތަށް ނެރެން ސެމްސަންގް އިން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައިވާ ދަޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ. ސެމަސަންގްއިން އަންނީ އަލުން ނޯޓް 7 އެއް ބާޒާރަށް މިމަހުގެ 21 ވަނަ ދުވަހު ނެރުމަށް މަސައްކަތް ކުރަމުންނެއެވެ. ސެމްސަންގްއިން ވަނީ މި ފޯނުގައި ޖެހުނު ބެޓަރީގެ މައްސަލަ ހައްލުވެފައިވާކަމަށް ބުނެފައެވެ. އެހެން ނަމަވެސް ފޯންގެ ބެޓަރީގައި އަލިފާން ރޯވާ އަސްލު ސަބަބު އަދިވެސް ނޭގޭކަމަށް ބޭރުގެ އެހެން ރިޕޯޓުތަށް ބުނެއެވެ.

ސެމްސަންގް ނޯޓް7ކީ ސެމްސްންގްއިން ނެރުނު އެންމެ ފަހުގެ ނޯޓްގެ އެޑިޝަނެއެވެ. އެހެން ނޯޓް ތަކާއި ހިލާފަށް ނޯޓ7ގައި އައިރެސް ސެންސާއެއްވަނީ އިންސްޓޯލް ކުރެވިފައެވެ.ސެމްސަންގާއި އެންމެ ވާދަވެރި ކުންފުނި ކަމުގައިވާ އެޕަލްއިން މިވަނީ އިއްގެ ދުނިޔޭގެ ބާޒާރުތަކަށް އެންމެ ފަހުގެ އައިފޯން ކަމުގައިވާ އައިފޯން 7 ބާޒާރަށް ނެރެފައެވެ. އެހެން އަހަރުތަކޭ ހިލާފަށް މިއަހަރު ސެމްސްނަގްއަށް ލޯބި ކުރާ ފަރާތްތަކުގެ އަޑު މިވަނީ ނޯޓް7ގެ ބެޓަރީ އީޝޫއާއި ހެދި މަޑުވެފައެވެ. އެހެން އަހަރުތަކުގައި އެޕަލްއިން ފޯން ނެރުމާއިއެކު ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި ހަނގުރާމައެއް ފެށޭކަހަލައެވެ.