ޓެކްނޯލޮޖީ

އައިފޯން އަށް ވެސް ވަޔާލެސް ޗާޖިން އަދި އަންނާނެ

ދުނިޔޭގެ މަޝްހޫރު އެޕަލް ކުންފުނިން ޑިވެލޮޕްކޮށްގެން ބާޒާރަށް ނެރުނު އައިފޯނު 7 ގެ ބޭނުން ކޮށްލަން އަދި ނުލިބި އުޅެނިކޮށް މިއަތީ އައިފޯން 8 ގެ ވާހަކަ އައިސްފަ އެވެ. އައިފޯނުގެ އަށްވަނަ އެޑިޝަން ވެގެންދާނީ ވަޔާލެސް ކޮށް ޗާޖު ކޮށްލެވޭނެ ފޯނެއްކަމަށް މިހާރު ވާހަކަތަށް ފެތުރެންފަށައިފިއެވެ.

ބޭރުގެ މަޝްހޫރު މިޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އެޕަލްއިން ދަނީ މިހާރުއްސުރެ އައިފޯން 8 ޑިވެލޮޕްކުރުމަށް ތައްޔާރުވަމުންނެވެ. އަދި މިފޯނު ވައާލެސްކޮށް ޗާޖް ކޮށްލެވޭނެ ގޮތް ހެދުމާއިއެކު ފޯނުގައި އެއްވެސް ޖެކެއް ނުހުންނާނެ އެވެ.

އައިފޯން 8 ގައި ވަޔާލެސް ޗާޖަރެއް އިންނާނެ ކަމަށް ބެލެވެން ފަށާފައިމިވަނީ މިފަހަރު ނެރުނު އައިފޯން 7 ގައި ހެޑްސެޓް ވަޔާލެސް ކުރުމުން ނަމަށް ޓެކްނޮލޮޖީ ދިރާސާ ކުރާފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އައިފޯން 8 އާ ބެހޭ ވާހަކަތަށް ފެތުރެން ފަށާފައިވަނީ އައިފޯން 7 ބާޒާރަށް ނެރުނުތާ ހަފްތާއެއްވެސް ނުވަނީހެވެ. ޓެކްނޮލޮޖީ ދިރާސާ ކުރާ ފަރާތަކުން ބުނާގޮތުގައި އައިފޯން 8 ގައި މި ފިޗާ ހިމެނިގެން ދިއުމަކީ ވަރަށް ކައިރި ކަމެކެވެ. ނަމަވެސް އައިފޯން 8 ގެ ކުރިން ބާޒާރަށް އެޕަލްއިން އައިފޯން 7 އެސް ނެރޭނެ ކަމަށް ވެއެވެ.

އެޕަލްއިން މިހާތަނަށް އައިއިރު ވަނީ ކޮންމެ އެޑިޝަނެއްގެ ބޯނަސް އެއްގެ ގޮތުން އެސް އެޑިޝަނެއް ޑިވެލޮޕްކޮށްފަ އެވެ. އެންމެ ފަހުން މިގޮތަށް ނެރެފައިވަނީ 6 އެސްގެ އައިފޯންތަކެވެ. އެހެންކަމުން 2017 ވަނަ އަހަރުވެސް ފުރަތަމަ ފެނިގެންދާނެ ކަމަށް ބެލެވެނީ އައިފޯން 7 އެސް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެކަމަކު އައިފޯން 7 އެސް ގެ ކުރިން މިވަނީ އައިފޯން 8 ގައި ހިމެނޭނެ ފީޗާސްތަކުގެ ވާހަކަތަށް ދެކެވެން ފަށާފައެވެ.

އައިފޯން 8 ގައި ވަޔާލެސް ފީޗާއެއް ހިމެނުމަކީ އެޕަލްއަށް ލޯބިކުރާ ހުރިހާ ބަޔަކު ވެސް ކުރާ އުންމީދެކެވެ. އައިފޯން ބޭނުންކުރާ ފަރާތްތަކުގެ މެދުގައި އެންމެ ބޮޑު ހިތްހަމަ ނުޖެހުމަށް ވެފައިވަނީ އެޕަލްއިން އައިފޯނާއެކެ ނެރޭ ޔޫއެސްބީ ޗާޖިން ކޭބަލްތަށް ވަރަށް އަވަހަށް ހަލާކުވުމެވެ. އެހެންކަމުން އެޕަލް އިން މިފީޗާ ތައާރަފް ކުރުމާ އެއްކޮށް އެޕަލްގެ ކަސްޓަމަރުންގެ އެ އުންމީދު ވެސް ފުރިހަމަވެ ޝަކުވާތައް ތައުރީފަށް ބަދަލުވާނެކަން ކަށަވަރެވެ.

އައިފޯން 7 ނެރުނުތާ މާގިނަ ދުވަސް ތަކެއް ނުވަނީސް އައިފޯން 8 އާބެހޭ އަޑުތަށް ފެތުރެން ފެށުމާއެކު ގިނަ ބައެއްގެ ލޯ މިހާރު އަމާޒުވެފައިވަނީ ސެމްސަންގް ގެ ގެލެކްސީ އެސް 8 އަށެވެ. އެގޮތުން ހަމަ މި ފިޗާ ސެމްސަންގް ގެ އެސް 8 އިން ފެނުމަކީވެސް ވުން އެކަށީގެންވާ ކަމެކެވެ. އެސް 8 ގައި ވެސް ވަޔާލެސް ހެޑްފޯން ހިމެނޭނެކަމުގެ އަޑުތައް މިހާރު ފެތުރިފައި ވެއެވެ.