ޖިންސީ ގޯނާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި އަންހެނަކު ހޯދަނީ

Sep 19, 2016
2

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި އަންހެނަކު ހޯދައި ނުފެނިފައިވާތީ، އޭނާ ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފި އެވެ. އެ މައްސަލާގައި ހޯދަނީ އައްޑު އަތޮޅު ފޭދޫ، ރެޑްރޯސް، އާމިނަތު ނުސްރަތު 25، އެވެ.

ފުލުހުން ބުނީ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސ. ފޭދޫ އަށް ނިސްބަތްވާ އަންހެނަކު ހޯދަމުންދާ ކަމަށެވެ. އޭނާ ހޯދަމުންދަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ.

އާމިނަތު ނުސްރަތުއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހަށް އެންގުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.