ހަބަރު

ދިރާގު ބިލްޑިން ކައިރި ވެސް އިތުރު ޕާކިން ޒޯނެއް ހަދައިފި

ދިރާގު ހެޑް އޮފީސް ކައިރީ ކަނބާއައިސާރަނި ހިނގުމުގައި އިތުރު ޕާކިން ޒޯނެއް ހަދައިފި އެވެ.

ދިރާގު އޮފީސް ކައިރީ ޕާކިން ޒޯނެއް ހަދާފައިވާ އިރު ހައުސިން މިނިސްޓްރީއިން ވަނީ ހެންވޭރު މަސްވެރިންގެ ޕާކު ކައިރީ ޕާކިން ޒޯނެއް އަޅާ އިއްޔެ އާންމުންނަށް ހުޅުވާލައިފަ އެވެ. އެ މިނިސްޓްރީ އިން މިއަދު ބުނީ ކަނބައައިސަރަނި ހިނގުމުގައި އިތުރު ޕާކިން ޒޯނެއް ގާއިމްކޮށްފައިވާނެ ކަމަށާއި މިއަދުން ފެށިގެން އާމުންނަށް ބޭނުން ކުރެވޭނެ ކަމަށެވެ.

ހައުސިން މިނިސްޓްރީއިން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ޒޯންތައް ގާއިމް ކުރަން ފަށާފައިވާއިރު އެ މިނިސްޓްރީއިން ކުރިން ވަނީ މާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ގާއިމް ކުރުމަށް އެސްޓީއޯއާ ހަވާލުކޮށްފަ އެވެ. ކާރާއި ސައިކަލު ޕާކު ކުރާ މެކޭނިކަލް ސިސްޓަމްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ނަމަވެސް އެ މަސައްކަތް ކުރިޔަށް ދާ ގޮތުގެ ތަފްސީލެއް އެ މިނިސްޓްރީއިން މިހާތަނަށް ހާމައެއް ނުކުރެއެވެ.