ދުނިޔެ

ޑްރޯން ދުއްވާ މައްސަލާގައި ފްރާންސްގައި އަލްޖަޒީރާގެ ތިން ނޫސްވެރިޔަކު ހައްޔަރުކޮށްފި

Feb 26, 2015

ފްރާންސްގެ ވެރިރަށް ޕެރިހުގެ މުހިންމު އިމާރާތްތަކުގެ މަތިން ރޭގަނޑުގެ ވަގުތުތަކުގައި ދުއްވާ ޑްރޯންތަކެއްގެ ހަގީގަތް ނޭނގި އެ މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގައި އަލްޖަޒީރާގެ ތިން ނޫސްވެރިޔަކު ހައްޔަރުކޮށްފި އެވެ.

ލައިސަންސް ނެތި ޑްރޯން ދުއްވުން ގާނޫނީ ގޮތުން މަނާ ޕެރިހުގައި މި ތިން ނޫސްވެރިން ހައްޔަރުކުރި ކަމުގައި ވިޔަސް މިިހާރު ފެންނަ ޑްރޯންތަކާ ނޫސްވެރިންނާ ގުޅުމެއް އޮތްކަން މިހާތަނަށް އެނގިފައި ނުވާ ކަމަށް ޕްރޮސިކިއުޓަރުންގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

އަލްޖަޒީރާ އިން ބުނީ އެ މީހުންގެ ތިން ނޫސްވެރިންނަކީ ޕެރިހުން ފެންނަ ގޮތް ނޭނގޭ ޑްރޯންތަކާ ބެހޭ ޑޮކިއުމެންޓްރީއެެއް ހަދަން އުޅުނު ބައެއް ކަމަށެވެ.

އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ބުނެފައި ވަނީ ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކު ދިޔައީ ޑްރޯން އޮޕަރޭޓް ކުރަމުން ކަމަށާއި ދެ ވަނަ މީހާ އެ މަންޒަރު ރެކޯޑް ކުރަމުން ދިޔައިރު އަނެއް މީހާ އިނީ ބަލަން ކަމަށެވެ.