ވިޔަފާރި

ބީއެމްއެލް ގެސްޓްހައުސް ކޮންފަރެންސުން ހާއްސަ އިނާމުތަކެއް

Sep 21, 2016
  • ކޮންފަރެންސް އޮތީ 24 ގައި
  • ކޮންފަރެންސުގައި 150 ގެސްޓް ހައުސް ވެރިން
  • ބޭރުގެ އެޖެންޓުންވެސް ބައިވެރިވޭ

ބީއެމްއެލް، ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސުގެ ބައިވެރިންނަށް ހާއްސަ އިނާމުތަކެއް، ކޮންފަރެންސުގެ ބައެއް ޕާޓްނަރުން ހުށަހަޅައިފި އެވެ.

ގެސްޓް ހައުސް ކޮންފަރެންސް އިންތިޒާމުކުރާ މޯލްޑިވްސް ގެޓްވޭސް އިން ބުނީ މިހާތަނަށް ބައެއް ޕާޓްނަރުންގެ ފަރާތުން ހާއްސަ އިނާމު ތަކެއް އިއުލާނުކޮށްފައިވާ ކަމަށެވެ.

ގެސްޓްހައުސް ކޮންފަރެންސުގައި ބައިވެރިވެރިންނަށް ދޭ އިނާމުތަކުގެ ތެރޭގައި މެއިން ޕާޓްނަރު، ލިލީ އިންޓަނޭޝަނަލްއިން ހާއްސަ ހަދިޔާއެއް ދޭނެ އެވެ. އަދި ޕްރިމިއަމް ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ހަސަންމެރިން އިން މާކިއުރީ އައުޓްބޯޑު އިންޖީނެއް ދޭނެ އެވެ. އެލައިޑް އިންޝުއަރެންސުން ހާއްސަ ހަދިޔާއެއް ދޭނެ އެވެ. މީގެ އިތުރުން ދިރާގުން ވެސް ހާއްސަ ހަދިޔާއެއް ދޭއިރު، އެސްޓީއޯ އިން ޓީވީއެއް ދެ އެވެ. މީގެ އިތުރުން އިނާމު ހުށަހަޅާފައިވާ ޕާޓްނަރުންގެ ތެރޭގައި ކޮޕިއާޕްލަސްއިން އޯލް އިން ވަން ޕްރިންޓަރެއް ދޭއިރު، މޯލްޑިވްގޭސްއިން ސެންފޯޑް ބްރޭންޑުގެ ސާމާނު ދެ އެވެ. މީގެ އިތުރުން ޑީޓެކުން ހާއްސަ އޮފާއެއް އެ ކުންފުނިން ވިއްކާ އުފެއްދުންތަކުން ދޭނެ އެވެ. އަދި ކޮކާކޯލާއިންވެސް ހާއްސަ އޮފާއެއް ދޭއިރު، އެފްސެވަން ޕްރިންޓާސްއިންވެސް ހާއްސަ އޮފާއެއް ދެ އެވެ. އަދި އެފްއެސްއެމްއިންވެސް ހާއްސަ އޮފާއެއް ދޭނެ އެވެ.

ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ވެރިންނާއި އިސް ފަރާތްތައް އެއް ފުރާޅެއްގެ ދަށުގައި ބައްދަލުވުމާ މި ބޮޑު ބައްދަލުވުމުގެ ޕާޓްނަރުގެ ގޮތުގައި 15 ފަރާތެއް ވެސް ވަނީ ބައިވެރިވެފަ އެވެ. ގެސްޓް ހައުސް ކޮންފަރެންސް އޮތީ ހޮނިހިރު ދުވަހު ދަރުބާރުގޭގަ އެވެ.