ވިޔަފާރި

މޯލްޑިވްސް މެރިން އެކްސްޕޯގައި ބޭރުގެ ފަސް ގައުމަކުން ބައިވެރިވާނެ

Sep 21, 2016
  • މެރިން އެކްސްޕޯ ފެށެނީ އަންގާރަ ދުވަހު
  • ފެއާ އޮތީ ހުޅުމާލޭގައި
  • 30 އަށްވުރެ ގިނަ އެގްޒިބިޓަރުން

ލިވަބޯޑް އެސޯސިއޭޝަން މޯލްޑިވްސް(ލޭމް) ގެ މޯލްޑިވްސް މެރިން އެކްސްޕޯ އަންގާރަ ދުވަހު ފަށާއިރު، ބޭރުގެ ފަސް ގައުމަކުން ބައިވެރިވެފައިވާ ކަމަށް ފެއާ އިންތިޒާމުކުރާ ބްލަކުން ބުނެފި އެވެ.

"ބްލަކުން" ނެރެފައިވާ ނޫސް ބަޔާނެއްގައިވާ ގޮތުން މެރިން އެކްސްޕޯގެ ތިންވަނަ ފެއާ ކުރިއަށްދާނީ 27-31 ގެ ނިޔަލަށް ހުޅުމާލޭގަ އޮންނަ ފެއާގައި އިންޑިޔާ އާއި އެމިރޭޓްސް އަދި ރަޝިޔާގެ އިތުރުން އެމެރިކާ އާއި ޗައިނާގެ އެގްޒިބިޓަރުން ބައިވެރިވާނެ އެވެ.

ބްލަކުގެ އެމްޑީ އިސްމާއިލް ހުޝާމް ވިދާޅުވި ގޮތުގައި މި އެކްސްޕޯގައި މެރިން އިންޑަސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ފަރާތްތަކުން ބައިވެރިވާނެ އެވެ.

"މި އެކްސްޕޯއަކީ ވޯޓާ ސްޕޯޓްސް އާއި ޑައިވިން ސްކޫލް އޮޕަރޭޓަރުންނާއި ގެސްޓް ހައުސް ޑިވޮލޮޕަރުންނާއި އޮޕަރޭޓަރުން، ރިސޯޓާއި ހޮޓާ ހިންގާ ފަރާތްތަކާއި ބޯޓާއި ސަފާރީ ހިންގާ އަދި ބަންނަ ފަރާތްތަކުން ބައްދަލުކޮށް ވިޔަފާރީގެ އައު ގުޅުންތައް އުފެއްދުމަށް ލިބޭނެ ފުރުސަތެއް،" ހުޝާމް ވިދާޅުވި އެވެ.

ބްލަކުން ބުނީ މި އެކްސްޕޯގައި "މެރިންޓޯކް" ގެ ނަމުގައި ލައިވް ޓޯކްޝޯއެއް ކުރި އަށްދާނެ ކަމަށެވެ.