ބޭރު ކުޅިވަރު

އެއްވަރުވުމުން ރެކޯޑް ހެދުމުގެ ފުރުސަތު ރެއާލްއަށް ގެއްލިއްޖެ

ރޭ ވިލަރޭއާލް އަތުން 1-1 ން އެއްވަރުވުމުން 17 މެޗް ކާމިޔާބުކޮށް ސްޕެނިޝް ލީގްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް ރެއާލްއަށް ގެއްލިއްޖެއެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ މި ރެކޯޑް ހެދުމުގެ ކުރިން މިރެކޯޑް އޮންނަނީ 1960 ވަނަ އަހަރާއި 1961 ވަނަ އަހަރު ކޯޗް ކޮށްދިން މިގްއެލް މުނޯޒް އަތުގައެވެ.

ރޭ މެޗްގެ ފުރަތަމަ ލަނޑު ވިލަރެއާލްގެ ބުރުނޯ ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 46 ވަނަ މިނެޓްގައި ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެއްގައެވެ. ރެއާލް އަށް އެއްވަރުކޮށްދިން ލަނޑު ކާމިޔާބު ކުރީވެސް ރާމޯސްއެވެ.

ފާއިތުވެ ދިޔަ ގިނަ މެޗްތަކުގައި ރެއާލްއިން ނަތީޖާ ބަދަލު ކުރީ މެޗްގެ ފަހު މިނެޓްގައެވެ. ރޭގެ މެޗްގައިވެސް ގިނަ ބަޔަކު ހީކޮށްގެންތިބީ ފަހުވަގުތު ރެއާޅްއިން ނަތީޖާ އަނބުރާލާނެ ކަމަށެވެ.

ރެއާލް މެޑްރިޑަށް ހުރިހާ މެޗެއްގައި ފަހު ވަގުތު މޮޅެއް ނުވެވޭނެ. ކޮންމެވެސް ވަރަކަށް މަސައްކަތް ދަށްކޮށް ދިޔައީ ނަމަވެސް އެއީ ބަދަލު ކުރެވޭނެ ކަމެއް. ކުރިއަށް ހުރި މެޗްތަކުގައި އެންމެ ފުރަތަމަ މިނެޓުން ފެށިގެން އެންމެ ފަހު މިނެޓަށް ފޯކަސް ކުރަންޖެހޭނެ" ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރޭ ބާސާއާ އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރި މެޗް ވެސް ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.

މެޗްގެ 41 ވަނަ މިނެޓްގައި އީވާން ރެކިޓިޗް ލަނޑު ޖަހާފައި ވަނިކޮށް، އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފެނާންޑޯ ޓޯރޭޒްގެ ޕާހަކުން ކްރޯލް އެވެ.