ވިޔަފާރި

ބީއެމްއެލް ގެސްޓްހައުސް ކޮންފަރެންސް މާދަމާ ފަށަނީ

  • ކޮންފަރެންސް އޮތީ ދަރުބާރުގޭގައި
  • 150 ގެސްޓްހައުސް ވެރިން ބައިވެރިވޭ
  • ރާއްޖޭގައި 300 އަށްވުރެ ގެސްޓްހައުސް

ބީއެމްއެލް، ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސު ދަރުބާރުގޭގައި މާދަމާ ފަށަން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގެ މާކެޓިން އަދި ޕީއާރު ފާމެއް ކަމަށްވާ މޯލްޑިވްސް ގެޓްވޭސް އިން އިންތިޒާމުކޮށްގެން ބާއްވާ ގެސްޓްހައުސް ކޮންފަރެންސުގައި 150 އަށްވުރެ ގިނަ ގެސްޓްހައުސް އޯނަރުން ބައިވެރިވެ އެވެ. ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ވެރިންނާއި އިސް ފަރާތްތައް އެއް ފުރާޅެއްގެ ދަށުގައި ބައްދަލުވުމާ މި ބޮޑު ބައްދަލުވުމުގެ ޕާޓްނަރުގެ ގޮތުގައި 15 ފަރާތެއް ބައިވެރިވާނެ އެވެ. މި ކޮންފަރެންސް އޮންނަނީ ދަރުބާރުގޭގައި އެއް ދުވަހުގެ މުއްދަތަށެވެ. މި ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ ހެނދު އެވެ.

ގެސްޓް ހައުސް ކޮންފަރެންސުގައި "އެކްސްޕާޓް ސްޕީކާސް" ގެ ގޮތުގައި ބައިވެރިވާ ބައެއް ތަޖުރިބާކާރުންގެ ތެރޭގައި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް އާއި ސީއެމްޑީއޭގެ ސީއީއޯ އަހުމަދު ނަސީރު އަދި މެގަ މޯލްޑިވްސްގެ ޑިރެކްޓަރު މިފްޒާލް އަހުމަދު އާއި އެމެރިކަން އެކްސްޕްރެސް ކާޑުގެ އޭޝިޔާ ޕެސިފިކްގެ ޑިރެކްޓަރު ކުރުސް ދަސްތޫރު ހިމެނެ އެވެ. މީގެ އިތުރުން އެކްސްޕާޓު ސްޕީކާސްގެ ތެރޭގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި އިންޑިޔާގެ އެންމެ ބޮޑު ޓްރެވަލް އޮންލައިން އެކްސްޕީޑިޔާގެ ސީނިޔަ މާކެޓިން މެނޭޖަރު އަބޭ ކަންނާގެ އިތުރުން ބުކިން ޑޮޓްކޮމްގެ އެކައުންޓެންޓް މެނޭޖަރު ސީސާން ޖޯންސަން އާއި ވިސްޓާ ރޫމްގެ ކޯފައުންޑަރު އަމިތު ހިމެނިވަޑައިގަނެ އެވެ.

ގެސްޓްހައުސް ކޮންފަރެންސުގައި ބައިވެރިވެރިންނަށް ދޭ އިނާމުތަކުގެ ތެރޭގައި މެއިން ޕާޓްނަރު، ލިލީ އިންޓަނޭޝަނަލްއިން ހާއްސަ ހަދިޔާއެއް ދޭނެ އެވެ. އަދި ޕްރިމިއަމް ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ހަސަންމެރިން އިން މާކިއުރީ އައުޓްބޯޑު އިންޖީނެއް ދޭނެ އެވެ. އެލައިޑް އިންޝުއަރެންސުން ހާއްސަ ހަދިޔާއެއް ދޭނެ އެވެ. މީގެ އިތުރުން ދިރާގުން ވެސް ހާއްސަ ހަދިޔާއެއް ދޭއިރު، އެސްޓީއޯ އިން ޓީވީއެއް ދެ އެވެ. މީގެ އިތުރުން އިނާމު ހުށަހަޅާފައިވާ ޕާޓްނަރުންގެ ތެރޭގައި ކޮޕިއާޕްލަސްއިން އޯލް އިން ވަން ޕްރިންޓަރެއް ދޭއިރު، މޯލްޑިވްގޭސްއިން ސެންފޯޑް ބްރޭންޑުގެ ސާމާނު ދެ އެވެ. މީގެ އިތުރުން ޑީޓެކުން ހާއްސަ އޮފާއެއް އެ ކުންފުނިން ވިއްކާ އުފެއްދުންތަކުން ދޭނެ އެވެ. އަދި ކޮކާކޯލާއިންވެސް ހާއްސަ އޮފާއެއް ދޭއިރު، އެފްސެވަން ޕްރިންޓާސްއިންވެސް ހާއްސަ އޮފާއެއް ދެ އެވެ. އަދި އެފްއެސްއެމްއިންވެސް ހާއްސަ އޮފާއެއް ދޭނެ އެވެ.

މި ބައްދަލުވުމުގައި ބޭރުގެ ޓްރެވަލް އެޖެންޓުންވެސް ބައިވެރިވެފައިވެ އެވެ.

ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިވެރިންނަށް ބާއްވާ މި ބައްދަލުވުމުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިންނެވެ.