ރާއްޖެ ކުޅިވަރު

ޓީސީ ދެ ވަނަ އަށް

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިރޭ ނިއުރޭޑިއަންޓް 2-0އިން ބަލިކޮށް، ޓީސީ ދެ ވަނަ އަށް އަރައިފި އެވެ.

މެޗުގައި ޓީސީގެ ދެ ލަނޑު ވެސް ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ.

މި މެޗުން މޮޅުވުމުން ޓީސީ ދެ ވަނަ އަށް އެރީ 33 ޕޮއިންޓާއެކުގަ އެވެ. އެ ޓީމަށް ދެ ވަނަ ލިބެން މެދުވެރި އެންމެ ބޮޑު ސަބަބަކީ ކުރިން ދެ ވަނާގައި އޮތް އީގަލްސް މިއަދު ހަވީރު ވިކްޓަރީ އަތުން 2-0އިން ބަލިވުމެވެ. އީގަލްސް އަށް ލިބިފައިވަނީ 32 ޕޮއިންޓެވެ.

ޓޭބަލުގެ އެއްވަނާގައި 43 ޕޮއިންޓާއެކު ޗެމްޕިއަން މާޒިޔާ އެވެ. ކުޅިބަލަންތިއްބާ މާޒިޔާ އަށް މިއަދު ހަވީރު ޗެމްޕިއަންކަން ލިބުނީ އީގަލްސް ބަލިވުމުންނެވެ.

ލީގުގެ ހަތަރު ވަނާގައިވަނ 20 ޕޮއިންޓާއެކު ވެލެންސިއާ އެވެ. ގޯލުގެ ތަފާތުން ފަސް ވަނަ ލިބެނީ 20 ޕޮއިންޓާއެކު އޮތް ޔުނައިޓެޑް ވިކްޓަރީއަށެވެ. ހަ ވަނާގައިވަނީ ނިއު އެވެ. އެ ޓީމަށް 19 ޕޮއިންޓް ލިބިފައިވާއިރު ވިކްޓަރީ ހަތްވަނާގައިވަނީ 16 ޕޮއިންޓާއެކުގަ އެވެ. ފުލުގައި އޮތީ 12 ޕޮއިންޓާއެކު ބީޖީ އެވެ.