ވިޔަފާރި

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ހުޅުވުން މާދަމާ

Sep 26, 2016

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) މާދަމާ ހުޅުވައި، ހިދުމަތް ދޭން ފަށަން ތައްޔާރު ވެއްޖެ އެވެ.

އަމީރު އަހުމަދު މަގުގައި ހުންނަ ހ. ފިލިގަސްދޮށުގޭގައި ހަދާފައިވާ ސީބީއެމް މާދަމާ ހެނދުނު ހުޅުވައި ދެއްވާނީ ރައީސް އަބްދުﷲ ޔާމީން އެވެ. މި ބޭންކް ހުޅުވާއިރު، ދެ އޭޓީއެމް އާއި ފައިސާ ޖަމާކުރާ މެޝިނެއްގެ ހިދުމަތް ވެސް ދޭނެ އެވެ.

ގާތްގަނޑަކަށް 150 މިލިއަން ރުފިޔާގެ ރައުސްމާލަކާއެކު ހުޅުވާ ސީބީއެމްއަކީ ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ ޗަމްޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ޓްރީ ޓޮޕް އިންވެސްޓްމަންޓާއި ސްރީލަންކާގެ ކޮމާޝަލް ބޭންކު ގުޅިގެން ހުޅުވާ ބޭންކެކެވެ.

ސީބީއެމްއަކީ ރާއްޖޭގައި ހުޅުވާ ހަތް ވަނަ ބޭންކެވެ. މި ބޭންކުގައި ޓްރީޓޮޕްގެ 45 ޕަސެންޓް ހިއްސާވާއިރު 55 ޕަސެންޓް ހިއްސާ ކުރަނީ ސްރީލަންކާގެ ކޮމާޝަލް ބޭންކެވެ.