ވިޔަފާރި

ޔާހޫ މަކިޓާ ޕްރޮމޯޝަން އެސްޓީއޯގައި އަޅުވައިފި

Sep 26, 2016
  • މަކިޓާ އުފެއްދުންތަކަށް އެއް އަހަރުގެ ވޮރަންޓީ
  • ކުރާ ކޮންމެ 500ރ. އަކަށް ކޫޕަނެއް ލިބޭނެ
  • އަގު ބޮޑު ގިނަ އިނާމު ތަކެއް ލިބިގެންދާނެ

"މަކިޓާ" އަކީ އާދައިގެ މަރުކާއެއް ނޫނެވެ. ތޯތޯ ބްރޭންޑެއް ނޫނެވެ. މި މަރުކާގެ ބުރުމާ އާއި ކަރަންޓު ކީހަކީ ކިއްސަރު ވަޑިންނާއި ދެތުވި ވަޑިންގެ ގާތް އެކުވެރިންނެވެ. މި މަރުކާގައި ބޮޑެތި އިންޑަސްޓްރިއަލް މަސައްކަތުން ފެށިގެން ގޭގައި ބޭނުންކޮށްލަން ވެސް އެންމެ ހިތް ފަސޭހަ ޓޫލްސް ވެސް ހުރެ އެވެ. މި އުފެއްދުންތައް ރާއްޖޭގައި ވިއްކަނީ އެސްޓީއޯއިނެވެ. މި ލިބެން ހުރީ އެސްޓީއޯގެ ހޯމް އިމްޕްރޫމަންޓުގަ އެވެ. އެސްޓީއޯ އިން މި ވަނީ "ޔާހޫ މަކިޓާ ޕްރޮމޯޝަން" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށާފަ އެވެ.

"މަކިޓާގެ ހުރިހާ އުފެއްދުންތަކީ ވެސް ކޮލިޓީގެ ގޮތުން ދެވަނައެއް ނެތް އުފެއްދުން ތަކެއް. އެހެންވެ މި އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކުގެ އިތުބާރު ވަރަށް ބޮޑަށް ވަނީ ލިިބިފައި،" އެސްޓީއޯ ހޯމްއިމްޕްރޫމަންޓުގެ ބްރޭންޑް މެނޭޖަރު އައިޝަތު ޝުރުފާ ވިދާޅުވި އެވެ.

މަކިޓާ ޕްރޮމޯޝަން ހާއްސަވަނީ ކީއްވެ؟

އެސްޓީއޯ އިން ވިއްކާ މަކިޓާ ބްރޭންޑްގެ ޕަވާ ޓޫލްސް އަށް ހާއްސަ ކޮށްގެން "ޔާހޫ މަކިޓާ ޕްރޮމޯޝަން" ހާއްސަވަނީ ކީއްވެގެން ހެއްޔެވެ؟ މީގެ ޖަވާބަކީ މި ޕްރޮމޯޝަން ކުރިއަށްދާއިރު މަކިޓާގެ ޕަވާ ޓޫލްސްތައް ވަރަށް ހާއްސަ އަގެއްގައި ލިބެން ހުންނާނެ ކަމެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 25 އިން އަންނަ މަހުގެ ނިއަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގައި އެކަންޏެވެ.

މި ޕްރޮމޯޝަން ކުރިއަށްދާއިރު، ގަންނަ ކޮންމެ 500ރ. ގެ މަކިޓާ ޓޫލްސްއަކަަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި ދެ ފަރާތަކަށް ވަރަށް އަގު ހުރި އިނާމް ތަކެއް ލިބިގެންދާނެ އެވެ. މިގޮތުން ލިބޭ އިނާމުތަކުގެ ތެރޭގައި ފިލިޕްސް ޓީވީ އާއި މަކިޓާ ކޮމްބޯ ކިޓް ހިމެނެ އެވެ. މީގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށްދާ އިރު ގަންނަ މަކީޓާގެ ޕަވަ ޓޫލްސްއަކަށް އެއް އަހަރު ދުވަހުގެ ވޮރަންޓީ ވެސް ލިބެ އެވެ.

އެސްޓީއޯ އިން އަންނަނީ މަކިޓާގެ ޕަވަ ޓޫލްސް އަށް 6 މަސް ދުވަހުގެ ވޮރަންޓީ ދެމުންނެވެ. އެސްޓީއޯއަކީ މަކިޓާ ބްރޭންޑްގެ އޮތަރައިޒްޑް ޑިސްޓްރިއުބިއުޓަ އެވެ.

ކޮންމެއަކަސް އެސްޓީއޯ އިން މިއޮތީ ޔާހޫ މަކިޓާ ޕްރޮމޯޝަން އަޅުވާފަ އެވެ. މި ބާވަތްތައް ބޭނުންކުރާ މީހުން މި ތަނަށް ކޮންމެހެން ވެސް ދާން ޖެހެ އެވެ.