ހަބަރު

ސަބްސިޑީ ހައްގު މީހުނަށް ފައިސާ ޖަމާކޮށްދޭނެ: އެންސްޕާ

Oct 1, 2016
  • ގޭބިސީއަކަށް އަހަރަކު 2،880ރ.
  • ގޭބިސީއަކަށް މަހަކު 240ރ.
  • އަހަރަކު މީހަކަށް ދެނީ 480ރ.

ސަބްސިޑީ ހައްގުވާ މީހުންގެ އެކަމަށް އެދުމުން ސަބްސިޑީ ފައިސާ ކޮންމެ މަހަކު އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް އެންސްޕާ އިން ބުނެފި އެވެ.

ކާޑުގެ ސަބްސިޑީ ކަނޑާލުމާ ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ "ފަގީރު ހާލަތުގެ ސަބަބުން ކާބޯތަކެތި ގަތުމަށް ދަތިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން އެހީއަށް އެދޭ ފޯމް ފުރިހަމަ ކުރުމުން އެހީ ލިބިގެންދާނެ ކަމަށެވެ. އަދި އެކަމަށް އެދޭ ފޯމު އެންސްޕާގެ ވެބްސައިޓުންނާއި ރަށު ކައުންސިލްތަކުން ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

ސަރުކާރުންވަނީ ކުރިން ދެމުން ގެންދިޔަ ކާޑުގެ ސަބްސިޑީ އުނި ކޮށް، އެކަމަށް ބޭނުންވެފައިވާ މީހުންނަށް ދިނުމަށް ނިންމާފަ އެވެ. މި ނިންމުމާއެކު 3.98 ރުފިޔާއަށް ވިއްކާ ހަނޑޫ ކިލޯއެއް ދެން ވިއްކާނީ 7.96 ރުފިޔާއަށެވެ. އަދި ފުށް ކިލޯއެއްގެ އަގު، 5.96 ރުފިޔާ ބޮޑުވާނެ އެވެ. މިހާރު ވިއްކަނީ، 2.98 ރުފިޔާ އަށެވެ. އަދި ހަކުރު ކިލޯއެއްގެ އަގު ވަނީ ހަތަރު ރުފިޔާ އިން އަށް ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

އެންސްޕާ އިން އާއްމުކޮށްފައިވާ މި ގަވާއިދުގައިވާ ގޮތުން މާލީ އެހީދެވޭނީ ކާޑުގެ ބާވަތުގެ ތެރޭގައި ހިމެނޭ ހަނޑޫ ހަކުރު ފުށަށް ގަތުމަށް އެކަންޏެވެ. އެގޮތުން ގަވާއިދުގައިވާ ޝަރުތުތައް ހަމަވާ ކޮންމެ މީހަކަށް މަހަކަށް 40 ރުފިޔާ ލިބޭއިރު އަދި ގޭބިސީއަކަށް މަހަކަށް 240 ރުފިޔާ ލިބޭއިރު، އަހަރެއްގެ ތެރޭގައި މީހަކަށް ދެވޭނީ 480ރ. އެވެ. އަދި ގޭ ބިސީއެއްނަމަ އަހަރަކު 2،880ރ. ދެވޭނެ އެވެ.

އެންސްޕާއިން ބުނީ މި އެހީ ލިބޭ ފަރާތްތަކުގެ ދަފްތަރުގައި ބައިވެރި ވުމަށް "ފަގީރު ހާލަތުގައި ދިރި އުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ފޯމް" ހުށަހެޅުމުން ކަމަށެވެ އަދި އެހީ ލިބެމުންދާ ފަރާތްތަކުގެ ހާލަތަކުގެ ހުންނަން ޖެހޭ ޝަރުތުތައް އުނިވެއްޖެ ނަމަ 15 ދުވަސް ތެރޭގައި އެއޭޖަންސީ އަށް އަންގަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައި ވެ އެވެ.

ސަރުކާރުންވަނީ ކުރިން ދެމުން ގެންދިޔަ ކާޑުގެ ސަބްސިޑީ އުނިކުކޮށް، އެކަމަށް ބޭނުންވެފައިވާ މީހުންނަށް ދިނުމަށް ނިންމާފަ އެވެ. މި ނިންމުމާއެކު 3.98 ރުފިޔާއަށް ވިއްކާ ހަޑޫ ކިލޯއެއް ދެން ވިއްކާނީ 7.96 ރުފިޔާއަށެވެ. އަދި ފުށް ކިލޯއެއްގެ އަގު، 5.96 ރުފިޔާ ބޮޑުވާނެ އެވެ. މިހާރު ވިއްކަނީ، 2.98 ރުފިޔާ އަށެވެ. އަދި ހަކުރު ކިލޯއެއްގެ އަގު ވަނީ ހަތަރު ރުފިޔާ އިން އަށް ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

ސަރުކާރުން ބުނެފައިވަނީ ސަބްސިޑީ ކުޑަކުރަން ޖެހުނު މައިގަނޑު ސަބަބަކީ، ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް އެހީތެރިވުމަށް ދެކޮޅު ހަދައި ފިއްތުންތައް ކުރިމަތި ކުރަމުން ދާތީ ކަމަށެވެ.