ޓެކްނޯލޮޖީ

ހައުސްޕާޓީ: ވީޑިއޯ ޗެޓަށް މިވަރެއް ނެތް!

ވީޑިއޯ ޗެޓް ކުރުމާއި ސްޓްރީމް ކުރުން މިވަނީ އަހަރަމެން ތެރޭގައި އާންމު ވެފައެވެ. ތިމާއާ ދުރުގައި ތިބޭ އާއިލާ މީހުންނާއި އެކުވިރިންނާއި ބައްދަލު ކޮށްލުމަށް ބޮޑު ހަރަދުކޮށް އެޅި ދަތުރުތަކުގެ ޒަމާން ބަދަލުވީ އެވެ. ޖީބުގައި އޮންނަ ފޯނުން ވީޑިޔޯގެ ޒަރިއްޔާއިން ވާހަކަ ދައްކާލެވެއެވެ. އެގޮތުން ވީޑިޔޯ ބްރޯޑްކާސްޓްކުރުން ފުޅާވެ ޓެކްނޮލޮޖީ މި އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް ކުރިއަރާ ތަފާތު މޮޅު ޕްރޮޑަކްޓްތަށް ބާޒާރަށް ނެރެވެމުންނެވެ. ސްކައިޕް ފަދަ މޮޅެތި ބްރޭންޑްތަށް އަންނަނީ ބިލިއަނުން ފައިދާ ހޯދަމުންނެވެ.

މީގެ ދުވަސްތަކެއް ކުރިން މިވަނީ ހަމަ މިފަދަ ވީޑިއޯ ބްރޯޑްކާސްޓްކޮށް އެއްތަނަކުން ގިނަ ބަޔަކާ އެއްފަހަރާ ވާހަކަ ދައްކާލެވޭނެ އެޕްލިކޭޝަނެއް ބާޒާރަށް ނެރެފައެވެ. ބަޔަކަށް މާކަބޮޑަކަށް ނޭގި ނެރުނު ކަމުގައި ވިޔަސް ހަފްތާއެއްތެރޭގައި އެއް މިލިއަނެއްހާ ޔޫސާ އެ އެޕްލިކޭޝަނަކާއި ދިމާއަށް ދަމައިގަތް މި އެޕްލިކޭޝަންގެ ނަމަކީ ހައުސްޕާޓީ އެވެ. ސީދާ ވީޑިޔޯ ޗެޓް ކުރުމުގެ ބޭނުމުގައި ނެރުނު މި އެޕްލިކޭޝަނަކީ މިހާރު ދުނިޔޭގެ އެންމެ ވަރުގަދަ އޯއެސް ސްޓޯތަށް ކަމުގައިވާ އެޕަލް ސްޓޯ އަދި ގޫގަލް ޕްލޭ އިން ހިލޭ ލިބެގެންދާ އެޕްލިކޭޝަނެކެވެ.

ހައުސްޕާޓީ އެޕްލިކޭޝަނަކީ ގިނަ ބަޔެއް އެއްފަހަރާ އެއް ވީޑިއޯ ޗެޓް ކޮށްލެވޭ އެޕްލިކޭޝަނެކެވެ. އެހެން އެޕްލިކޭޝަން ތަކާއި ހިލާފަށް މަދު ސެގްމެންޓްތަކާއި އެކު ފަރުމާ ކުރެވިފައިވާ މި އެޕްލިކޭޝަންގައި ސްކީރުން ވީޑިއޯ ޗެޓް ކުރެވޭ ހުރިހާ ފަރާތްތަކެއް އެއްފަހަރާ ޑިސްޕްލޭ ކުރެވޭނެއެވެ. ކޮންމެ ޔޫސާ އަކަށް ޑިސްޕްލޭ ކުރުމަށް ވާނީ ހަމަ ހަމަ ސްކޭލަކަށެވެ. އަދި ޗެޓްގެ ތެރެއިން ވެސް އެހެން ފަރާތަތަކަށް މިއާ ގުޅާލެވޭނެ އެވެ. ނަމަވެސް ކޮންމެ ރޫމަކަށް ވެސް ޖޮއިން ކުރެވޭނީ އެއްފަހަރާ 8 ޔޫޒާ އެވެ. އަދި ޗެޓްގެ ތެރެެއިން ޔޫޒާއެއް ބޭރުވެއްޖެ ހިނދެއްގައި އެހެން ޔޫޒާއަކަށް ޗެޓަށް ޖޮއިން ކުރުމުގެ ފުރުސަތު ލިބޭނެވެ. މި ޗެޓްގެ މީޗާތަކަކީ ފުދޭވަރަކަށް އެޕަލްގެ ފޭސް ޓައިމް އެޕާއި ވަރަށް ވައްތަރު ފީޗާތަކަކެވެ.

ދުނިޔޭގެ މަޝްހޫރު ނޫސް އޭޖެންސީ ތަކުން ރިޕޯޓްކުރާ ގޮތުގައި މި އެޕްލިކޭޝަނަކީ ލައިވް ސްޓްރީމިން އެޕްލިކޭޝަނެއްް ކަމުގައިވާ މީކަޓް ގެ އާ އެޕްލިކޭޝަނެވެ. މީކަޓްގެ އޮފިޝަލް އެޕްލިކޭޝަން ވަނީ އެޕަލް ސްޓޯ އިން މީގެ ދެތިން ދުވަސް ކުރިން ނަގާފައެވެ. އެޕްލިކޭޝަންގެ ބާވަތުން މީކަޓް ބޭނުން ކުރަމުން އައި ގިނަ ބަޔަކު ވަނީ ހައުސްޕާޓީ ބޭނުންކުރަން ފަށާފައެވެ. . ނަމަވެސް މީކަޓް އިން މިއާ ބެހޭ ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެއެވެ.

ދިވެހިންގެ މެދުގައިވެސް ސޯޝަލް މީޑިޔާތަކުގެ ފޯރި އެހާމެ ގަދައެވެ. ޓައިޕް ކޮށްގެން ގްރޫޕް ޗެޓް ކުރަމުން އައި ޒުވާން ކްރައުޑަށް މި އެޕްލިކޭޝަން ވެސް ކަމުދާނެކަން ޔަގީނެވެ. ވައިބާގައި ކުރި ގްރޫޕް ޓެކްސްޓް މެސެޖްތަކަށް ފަހު ދެން ކޮށްލާ ވީޑިޔޯ ޗެޓްތަކަށް މި އެޕް ވެގެންދާނީ ހަމަ އެއްވަނައިގެ އެޕަކަށެވެ.