މާފުށީ ޖަލު

މާފުށީ ޖަލަށް ފޯނުތަކެއް ވައްދަން އުޅުން މީހަކު ހައްޔަރުކޮށްފި

މާފުށީ ޖަލަށް ފޯނުތަކެއް ވައްދަން އުޅުން މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މާފުށީ ޖަލަށް ފޯނުތަކެއް އެތެރެކުރަން އުޅޭކަން އިންޓެލިޖެންސަށް އެނގުމުން މިދިޔަ ހޮނިހިރު ދުވަހު މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މާލެއިން މާފުއްޓަށް ދަތުރުކުރި ލޯންޗަކުން ކަމަށެވެ. އަދި އޭނާ އަތުގައި އޮތް ކޮތަޅެއް ތެރެއިން ނުވަ ފޯނާއި ޗާޖަރުތަކާއި ހެޑްސެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހަކީ މީގެ ކުރިންވެސް ވައްކަމާއި މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި ފޯނު އެތެރެކުރަން އުޅުން މައްސަލާގެ ތަހުގީގު ކުރިޔަށް ގެންދިޔުމަށް އޭނާގެ ބަންދަށް އަށް ދުވަހުގެ މުއްދަތެއް މާފުށީ ކޯޓުން ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.