ބޭރު ކުޅިވަރު

ގަމެއިރޯގެ ދެ ގޯލުން ފްރާންސަށް މޮޅެއް

ބަލްގޭރިޔާ ކޮޅަށް ކެވިން ގަމެއިރޯ ޖެހި ދެ ގޯލާއެކު 4-1އިން މޮޅުވެ ފްރާންސް ވޯލްޑް ކަޕް ކޮލިފައިންގައި ހަމަޖެހިލައިފި އެވެ.

ގަމެއިރޯގެ އިތުރުން ދެން ލަނޑު ޖެހީ އެންޓޯނިއޯ ގްރިއެޒްމަން އާއި ޑިމިޓްރީ ޕަޔެޓް އެވެ.

މިއީ 1993 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ބަލްގޭރިޔާ އަތުން ބަލިވެ، ފްރާންސް ވޯލްޑް ކަޕުން ކެޓި ފަހުން މި ދެ ބައިމީހުން ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

މެޗަށް ފެހު ގަމެއިރޯ ބުނީ ދެ ގޯލު ޖެހުމުން އުފާކުރާ ކަމަށާއި އެމީހުން ތިބީ މެޗުން މޮޅުވާން ވަރަށް ބޭނުންވެފައި ކަމަށެވެ.

"އަހަރުމެން ދެ މީހުން (ގަމެއިރޯ އާއި ގްރިއެޒްމަން) ވަރަށް ރަނގަޅަށް ކުޅުނިން. ކުރިއަށް ހުރި މެޗުތަކުގައި މިއަށްވުރެ ރަނގަޅުވާނެ ކަމަށް އުއްމީދު ކުރަން. ބަލަން ތިބުން އެންމެ ރަނގަޅު ގޮތަކީ،" ގަމެއިރޯ ބުންޏެވެ.

ހުސްވި ޖޫން މަހު ފްރާންސްގައި ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވާތީވެ، އޭނާ އަށް އިނާމް މި މެޗުގެ ކުރިން ދީފައިވެ އެވެ. ފްރާންސް ފައިނަލުގައި ބަލިވި ނަމަވެސް ގްރިއެޒްމަން ވަނީ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ފްރާންސް މިވަގުތު އޮތީ ކޮލިފައިންގެ ދެ ވަނާގަ އެވެ. އެއީ ދެމެޗުން ހަތަރު ޕޮއިންޓާއެކުގަ އެވެ. މިއަދަދަށް ޕޮއިންޓް ލިބުނަސް ފައިދާ ގޯލުގެ ތަފާތުން އެއްވަނާގައިވަނީ ނެދަލޭންޑްސް އެވެ. ހޯމަ ދުވަހު ފްރާންސް ކުޅޭނީ ނެދަލޭންޑްސްއާ އެވެ.

މި ފަހަރުގެ ޔޫރޯ އަށް ވެސް ނުހޮވި ފޭލްވެފައިވާ ނެދަލޭންޑް ރެ މޮޅުވީ ބިލާރުސް އަތުން 4-1އިންނެވެ.