ހަބަރު

ނަޝީދުގެ ޝަރީއަތުގެ ތިން ވަނަ އަޑުއެހުން މާދަމާ ރޭ ބާއްވަނީ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ތިން ވަނަ އަޑުއެހުން މާދަމާ ރޭ ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ދެ އަޑުއެހުމެއް މީގެކުރިން ބާއްވާފައިވާއިރު އެއިން ކޮންމެ އަޑުއެހުމެއްގައި ވެސް ޖަވާބުދާރީވާން ނަޝީދަށް ވަނީ އިތުރު ތިން ދުވަހުގެ ފުރުސަތެއް ދީފަ އެވެ.

އެ މައްސަލައިގެ ތިން ވަނަ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ ރޭ 8:00 އަށެވެ.