ޓެކްނޯލޮޖީ

ނޯޓް 7 ޖީޓީއޭގެ ހަތިޔާރަކަށް!

މިދުވަސްކޮޅު ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ ގަދައަށް ދެކެވޭ ވާހަކަ އަކީ ސެމްސަންގް ނޯޓް 7 ގޮވާ ވާހަކައެވެ. ބޮމެއްގެ ވާހަކަ ނުވަތަ ގޮވާ އެއްޗެއްގެ ވާހަކަ ދައްކާލެވޭ ކޮންމެ ފަހަރަކު މިހާރު އަހަރަމެންގެ އަނގައިން އެންމެ ފުރަތަމަ ނެރޭ ލަފްޒަކަށް ނޯޓް 7 މިވަނީ ވެފައެވެ. ގިނަ ބަޔެއްގެ ފާޑުކިޔުންތަށް އަމާޒުވަމުން އަންނަ މި ފޯނަށް ސޯޝަލް މީޑިޔާގައި މިވަނީ ޖޯކަކަށް ވެފައެވެ. ހަމައެއާއެކު މިފަހަރު މިއޮތީ އަނެއްކާވެސް އަހަރަމެން ހެއްވާލާނެ ފަދަ ނޯޓް 7 ގެ ވާހަކައެކެވެ.

ގިނަ ބަޔެއްގެ އެންމެ މަގްބޫލް ގޭމް ކަމުގައިވާ ޖީޓީއޭ ފަހެއްގެ ސީރީސްއަށް މި ފޯން މިވަނީ އައިސްފައެވެ. ނޯޓް 7، އެހެން ފޯނުތަކާއި ހިލާފަށް މެއިން ކެރެކްޓާގެ ޖީބުން ނުފެނި މިފަހަރު ފެންނާނީ ގޭމްގެ ހަތިޔާރު ސްޓޯ ތަކުންނެވެ. ސްމާޓްފޯނެއްގެ އެއްގެ ބަދަލުގައި ބޮޑު ގޮވުމެއް ކުރިމަތި ކުރުވާނެ ފަދަ ގިވާ އެއްޗެއް ނުވަތަ ބޮމެއްގެ ސިފައިގަ އެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މިއީ ސެމްސަންގް ނޯޓް 7 ކާއި ގުޅިގެން ސެމްސަންގް އެންމެ ލަދު ގަންނުވާލި ގޮތެވެ.

ޖީޓީއޭ 5 ގައި ނޯޓް 7 ބޭނުން ކުރެވޭނީ މޮޑެއް އިންސްޓޯލް ކޮށްގެންނެވެ. މޮޑަކީ ގޭމް އަދި އެހެނިހެން ސޮފްޓްވެއާ ފަދަ ޕްރޮގްރާމްތަކަށް އެ ޕްރޮގްރާމުގައި ހިމެނޭ މައިގަޑު ކޮމްޕޮނޮންޓްތަކުގެ އިތުރުން ޕްރޮގްރާމް ފަރުމާ ކުރާ ފަރާތްތަކުން ގޭމް އިތުރަށް ފަރުމާކުރުމަށް އުފައްދާ ކޮންޕޮނެންޓްތަކެކެވެ. އެހެންކަމުން ޖީޓީއޭ އުފައްދާ ކުންފުނިން މި ގޭމުގެ އޮރިޖިނަލް ވާޝަން ގައި މި ފީޗާ ހިމެނިފައި ނުވާނެ އެވެ.

ހިޓްމެންނިކޯ ނަމަކަށް ކިޔާ މޮޑް ޑިވެލޮޕާއެއް ފަރުމާކުރި މި މޮޑަށް ގިނަ ބަޔެއްގެ ތަރްހީބު ދަނީ ލިބިމުންނެވެ. މި މޮޑް ބޭނުން ކުރެވޭނީ ޕީސީ ބޭނުން ކޮށްގެން ޖީޓީއޭ ކުޅޭ ގޭމާސްތަކަށް އެކަންޏެވެ. މި ގޭމުގައި ނޯޓް 7 ގޮއްވާލުމަށް ރިމޯޓެއް ބޭނުންކުރަން ޖެހެއެވެ. އަދި ވެހިކަލްފަދަ ތަކެތީގައި ޕްލާންޓްކޯށްލައިގެން ރިމޯޓްގެ އެހީގައި ބޮޑު ގޮއްވާލުމެއް ގޮއްވާލެވެއެވެ. ސެމްސަންގް ނޯޓްގެ ގޮވާޒާތުގެ އެޑިޝަންތައް މި ގޭމްގެ ހަތިޔާރު ވިޔާފާރި ކުރާ ފިހާރަތަކުން ވިއްކާނީ 360 ޑޮލަރ ށެވެ. މިއީ މި ގޭމުގައި އާމުކޮށް ގްރެނޭޑްއެއް ވެސް ވިއްކާއުޅޭ އަގެވެ. މި މޮޑް ވެގެން ގޮސްފައި މިވަނީ ގިނަ ބަޔެއް ހެއްވާލި މޮޑަކަށެވެ.

ސެމްސަންގ އަށް މިއަހަރު މިވަނީ ވަރަށް ވެސް ދެރަ އަހަރަކަށް ވެފައެވެ. ސޯޝަލް މީޑިޔާގައި މި ފޯނަށް އަށްނަނީ ގިނަ ބަޔަކު ޖޯކް ޖަހަމުންނެވެ. ނޯޓް 7 ކަށް ދިމާވާނަ ފެށި ގިވުމުގެ މައްސަލައާއި އެކު ނޯޓް 7 ގެ ވިޔަފާރި މިވަނީ އެއްކޮށް ކަހަލަ ގޮަތަކަށް ވެއްޓިފަ އެވެ. އަދި އިއްޔެގެ ވަގުތެއްގައި ސެމްސަންގް އިން ވަނީ މި ފޯން ހެދުން ވެސް ހުއްޓާލައިފަ އެވެ.