ސޯޝަލް މީޑިއާގެ އެއްވެސް ވަސީީލަތެއް ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް ބޭނުންފުޅު ނުކުރައްވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
އެމްއެންޑީއެފުގެ މީޑިއާއިން މިއަދު ބުނީ މިނިސްޓަރު ޖަލީލްގެ ނަންފުޅުގައި ސޯޝަލް މީޑިއާގެ ޓްވިޓާ އާއި ފޭސްބުކްގައި ދައުރު ކުރާ އެކައުންޓްތަކަކީ އެމަނިކުފާނާ ގުޅުން ހުރި އެކައުންޓްތަކެއް ނޫން ކަމަށާއި އެމަނިކުފާނަކީ ފޭސްބުކާއި ޓްވިޓާ ބޭނުންފުޅު ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.
މިނިސްޓަރު ޖަލީލް ޓްވިޓާއާ ފޭސްބުކް ބޭނުން ނުކުރައްވާ ކަމަށް ޑިފެންސް މިނިސްޓްރީން ކަށަވަރުކޮށް ދިން އިރު އެމަނިކުފާނުގެ ނަންފުޅުގައި ޓްވިޓާގައި މެސެޖްތައް ދައުރު ކުރަމުންދާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ.