ޓެކްނޯލޮޖީ

މަސައްކަތުގެ މާހައުލަށް ފޭސްބުކްގެ ވޯކްޕްލޭސް ވަރެއް ނެތް

ސޯޝަލް މީޑިޔާގެ ރަސްގެފާނަކީ ފޭސްބުކެވެ. އެހެން އެކަން ވާ އެންމެ މުހިންމު އެއް ސަބަބަކީ، އެތައް ބައެއްގެ ދިރިއުޅުން ފަސޭހަކޮށް ސްމާޓް ކުރުމަށް، މޮޅު ކަންތައްތައް އެ މީހުން އަބަދުވެސް ކުރާތީ އެވެ. މިދިޔަ ހަފްތާ ފޭސްބުކް އިން އާންމުންނަށް ދޫކޮށްލީ، އޮފީސްތައް ހިންގުމަށް ފަސޭހަކޮށް މުވައްޒަފުންގެ މެދުގައި މުއާމަލާތް ކުރުމަށް ހާއްސަ، ޕްލެޓްފޯމް، ވޯކްޕްލޭސް ބައި ފޭސްބުކް އެވެ.

މީގެ ދެތިން އަހަރެއްހާދުވަސް ކުރިން ފަށައިގެން ފޭސްބުކްގެ މި ހާއްސަ ވާޝަން ވަނީ އެ މީހުންގެ މުވައްޒަފުން ބޭނުން ކުރުމަށް ދޫކޮށްލާފަ އެވެ. އަދި ފޭސްބުކް އިން އެޕްރޫވް ކުރާ ބައެއް ކުންފުނިތަކަށް މި ޕްރޮޑަކްޓް އައީ ދޫކުރަމުންނެވެ. އެހެން ނަމަވެސް މިދިޔަ ހަފްތާ ފޭސްބުކް އިން ވަނީ ކޮންމެ ކުންފުންޏަކަށް ވެސް މި ޕްރޮޑަކްޓް ބޭނުން ކުރުމަށް ހުޅުވާލައިފަ އެވެ. ފޭސްބުކް އިން މި ޕްލެޓްފޯމް އަދިވެސް ދޫކުރަމުން އަންނަނީ، އެކަމަށް އެދޭ ކުންފުނިތަކުގެ ތެރެއިން ލިމިޓެޑް ކުންފުނިތަކަށެވެ.

ބަލާބެލުމުން އެއްވައްތަރު ކަމެއް ހުރި ކަމުގައި ވީނަމަމަވެސް، ފޭސްބުކް އިން ބުނަނީ، މި ޕްލެޓްފޯމްގެ ސަބަބުން މަސައްކަތުގެ މާހައުލާއި މީހާގެ ޕާސަނަލް ކަންކަން މަސްސުނި ނުވެ ސިސްޓަމެއްގެ ތެރެއިން މަސައްކަތް ކުރުމައް ފަސޭހަކޮށްދޭނެ ކަމަށެވެ.

ފޭސްބުގެ ފީޗާސްތަކޭ އެއްފަަދައިން ވާކްޕްލޭސްގެ ފީޗާސް ވެސް ހަމަ އެއްގޮތެވެ. އަނެއްހެން ބުނާ ނަމަ މިއީ ހަމަ ފޭސްބުކްގެ ނަކަލެކެވެ. ވޯކްޕްލޭސްގައި ވެސް ނިއުސް ފީޑެއް ވާއިރު މި ނިއުސް ފީޑްއިން ފެނިގެންދާނީ ހަމަ އެކަނި މަސައްކަތުގެ މާހައުލާ ގުޅޭ ޕޯސްޓްތަކެވެ. އަދި ހަމައެއާއި އެކު މަސައްކަތުގެ މާހައުލުގައި ހިނގާ މަޖާ އަދި ސީރިއަސް މައްސަލަތަށްވެސް ވާކްޕްލޭސްގެ ސަބަބުން ކުންފުނީގެ ތެރޭގައި ސިއްރު ކުރެވިގެންދާނެ އެވެ. ފޭސްބުކްގައި މިހެން ހަދާނަމަ މިހާރު ޖެހެނީ ޕްރައިވެސީ އިން މިކަން މެނުއަލީ ކުރަންށެވެ.

އޮފީހެއްގެ ހުރިހާ ޑިޕާޓްމެންޓެއްގެ ކަންކަންވެސް އެއް އެޕްލިކޭޝަނެއްގެ ތެރެއިން އޮޕަރޭޓްކުރެވޭ މި އެޕްލިކޭޝަން ހުރިހާ ކުންފުނިތަކަށް ބޭނުން ކުރެވޭގޮތަށް އާމުކުރީ ވޭތުވެދިޔަ ހަފްތާގަ އެވެ. މި އެޕްލިކޭޝަންގެ ތެރޭގައި ކުންފުނީގެ އެކި އެކި ޑީޕާޓްމެންޓްތަކަށް ވަކިން ގްރޫޕް ހެދެ އެވެ. ކޮންމެ ޑިޕާޓްމެންޓެއްގެ ވެސް އެޑިޕާޓްމެންޓާއި ބެހޭ ފަރާތްތަށް ފިޔަވާ އެހެން ފަރާތްތަކަށް އެޑިޕާޓްމެންޓެއްގެ ކަންކަން ނުފެންނާނެ އެވެ. އެއްގޮތަކުން ބުނާނަމަ މިއީ ޓެކްނޮލޮޖީގެ އެހީގައި ޑިޕާޓްމެންޓްތަށް އޮޕަރޭޓްކުރެވޭ ކަހަލަ ފަސޭހަ އަދި ބޭނުންކޮށްލަން ވެސް ހިއްގައިމު ޕްރޮޑަކްޓެކެވެ.

ކުންފުނިތަކުގެ މައުލޫމާތު ސިއްރުކުރުމަށްޓަކައި ވާކްޕްލޭސްއިން ދަނީ ދުނިޔޭގެ އިތުބާރު ކުރެވޭ ކުންފުނިތައް ކަމަށްވާ، ކްލައުޑް ސެކިއުރެޓީ އެލިއެންސް ފަދަ ތަންތަނުގެ އެހީތެރިކަން ހޯދަމުންނެވެ. އަދި އެންސީސީ ގްރޫޕް ސެކިއުރިޓީއިން ވަނީ މި ޕްލެޓްފޯމް ޓެސްޓް ކުރުމަށް ފަހު، އެއަށް އިތުބާރު ކުރެވޭ ކަން އަންގައިދޭ ރިޕޯޓެއްވެސް އާންމުކޮށްފަ އެވެ.

މިޕްރޮޑަކްޓް ފަރުމާކުރެވިފައިވަނީ ކުންފުނިން ފައިދާ ލިބޭ ކަސްޓަމަރުންނަށް ވެސް ބޭނުން ކޮށްލެވޭނެ ގޮތަކަށެވެ. އެގޮތުން ކަސްޓަމަރުންނަށް ވިޔަފާރިއާ ގުޅޭ އާ ކަންތައްތަކުގެ އިތުރުން ވިޔަފާރިއާ ގުޅޭ ގޮތުން ފީޑްބެކްވެސް ދެވޭނެ އެވެ. އެހެންކަމުން މިއީ ވިޔަފާރީގެ މަހާއަލުއަށް އެންމެ ބަރާބަރު އެއް ޕްލެޓްފޯމަށް މި ވަނީ އެހެންވެ އެވެ.

ވޯކްޕްލޭސްއާއި އާއިލާގެ ޕްރޮޑަކްޓެއް ގޮތުގައި ވޯކްޕްލޭސްއަށް ސަޕޯޓްކުރުމަށް ވެސް ވަނީ ޗެޓްކުރެވޭ އެޕްލިކޭޝަނެއް ވެސް އާންމުކޮށްފަ އެވެ. ވޯކްޗެޓްގެ ނަމުގައި ހިންގާ، މި ޕްރޮޑަކްޓަކީ ފޭސްބުކްގެ ވެސް ކޯ ޕްރޮޑަކްޓް ކަމުގައިވާ މެސެންޖާ ފަދަ ހަމަ އެއްފީޗާތަކެއް ބޭނުންކޮށްގެން ފަރުމާ ކުރެވުނު ޕްރޮޑެކްޓެކެވެ. ވާކްޕްލޭސްއޭ އެއްފަދައިން ވޯކްޗެޓް ވެސް ފަރުމާ ކުރެވިފައި ވަނީ މަސައްކަތުގެ މާހައުލަށެވެ. އެގޮތުން އަހަރަމެންގެ ޕާސަނަލް ކަންކަމާއި މަސްހުނި ނުކޮށް ތަފާޓު މެސެންޖާއަކުން އޮފީހުގެ ހުރިހާ ކަމެއް ކޮށްލެވޭނެ އެވެ.

އަވަސް އޮންލައިނުން ވެސް ވަނީ ވާކްޕްލޭސްގައި ރަޖިސްޓްރީ ކުރުމަށް ފަހު ވާކްޕްލޭސް އޮފީސް މާހައުލުގައި ބޭނުން ކުރަމުންނެވެ. އެގޮތުން އަވަސް ގެ ހުރިހާ ޑިޕާޓްމެންޓެއްވެސް މިހާރު ދަނީ ޑިޖިޓަލީ ނުވަތަ ނެޓްވާކްގެ ޒަރީޔާއިން އޮޕަރޭޓްކުރަމުންނެވެ. އަވަސް ގެ މުވައްޒިފުން އޮފީހުގެ މުއާމަލާތްތަކުގައި ކުރިން ބޭނުންކުރަނީ ވައިބާ އެވެ. އަވަސްގެ ސްޓާފުން ބުނާގޮތުގައި ވައިބާ އަދި ފޭސްބުކްގައި ދިމާވާ އެތައް ދަތި ކަންތައްތަކެއް މީގެ ތެރޭގައި ހައްލުވެ މަސައްކަތަށް ކުރިއަށް ވުރެ ބޮޑަށް އިސްކަންދެވެ އެވެ.

ފޭސްބުކް ބޭނުންކޮށްގެން އޮޕަރޭޓްކުރަމުން އައި ގިނަ ވިޔަފާރިތަކާއި ކުންފުނިތަށް މިހާރު ދަނީ ވާކްޕްލޭސްއަށް އެމީހުންގެ ކުންފުނިތަށް ބަދަލުކޮށް މި ޕްރޮޑަކްޓް އެ ކުންފުނިތަކުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންނެވެ. މި ޕްލެޓްފޯމް ފޯނުގައި ބޭނުން ކުރުމަށް ހާއްސަ ދެ އެޕްލިކޭޝަން ވެސް ފޭސްބުކް އިން މިހާރު ވަނީ ނެރެފަ އެވެ. މި ޕްރޮޑަކްޓް، ވެގެން ދާނީ، މި ދާއިރާގައި ނަން ހިނގާ ސްލެކްއަށް ގޮންޖަހާލާނެ ޕްރޮޑަކްޓަކަށެވެ.

  • އަހުމަދު

    Vaanuvaa

    އިޒްރޭލް ޒަޔަނިސްޓް ޔާހޫދީން އަށް ތި ދެނީ ތިހުރިހާ މަޢުލޫމާތެއް.

    REPLY
    CLOSE

ފަހުގެ ޚަބަރު