މެންޗެސްޓާ ޔުނައިޓެޑް

ލިވަޕޫލާއި ޔުނައިޓެޑް ޕޮއިންޓަކުން ފުއްދާލައިފި

Oct 18, 2016

އިނގިރޭސި ޕްރިމިއާ ލީގުގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ވަރުގަދަ މެޗުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކޮށް ޕޮއިންޓެއްގެ ނަތީޖާއިން ދެ ޓީމް ވެސް ފުއްދާލަން ޖެހިއްޖެ އެވެ. މެޗު ނިމުނީ އެއް ބަޔަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.

މިގޮތަށް ނަތީޖާ ނުކުތުމުން ޓޭބަލްގައި ޔުނައިޓެޑް އޮތީ 14 ޕޮއިޓާއެކު ހަތް ވަނާގަ އެވެ. ލިވަޕޫލް އޮތީ ހަތަރުވަނާގައި 17 ޕަޮއިންޓާއެކު އެވެ.

ދެ ޓީމަށް ވެސް މޮޅުވާން ލިބުނު މެޗްގެ ފުރަތަމަ ހާފްގައި މެންޗެސްޓާއިން މޮޅަށް ކުޅުނެވެ. ނަމަވެސް ލިވަޕޫލްގެ އެންފީލްޑްގައި ލިވަޕޫލް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. ރޭގެ މެޗްގައި މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑެހެއާގެ މޮޅު ކުޅުން ފެނިގެން ގޮސްފައި ވެއެވެ. މެންޗެސްޓާ މޮޅުކޮށް ދިނުމަށް ޒްލަޓާން އިބްރަހިމަވިޗަށް ތަނަވަސްވި ފުރުސަތުތައް ވެސް ފާހަގަ ކޮށްލެވެއެވެ.

މެންޗެސްޓާގެ ކޯޗު މޮރީނިއޯ ބުނީ ބޭނުންވި ގޮތަށް ކަންތައްތައް މެޗްގައި ނުދިޔަ ކަމަށާއި ނަމަވެސް ޕޮއިންޓަކުން ހިތްހަމަޖައްސާލެވޭ އިރު ކުޅުމުގައި ހިތްހަމަ ޖެހުނު ކަންކަންތައްތަކެއް ވެސް ކުޅުންތެެރިންގެ ކިބައިން ފެނުނު ކަމަށެވެ. މޮރީނިއޯ ބުނީ އެންފީލްޑްގައި މޮޅަށް ކުޅުނީވެސް މެންޗެސްޓާ ކަމަށެވެ.

އަނެއްކޮޅުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ ލިވަޕޫލަށް އެއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކެންވާނެ ކަމަށާއި ދެވަނަ ހާފުގައި ރަނގަޅަށް ކުޅެވުނު ކަމަށެވެ.