ގެއްލުން ދިނުން

ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލި ބަޔަކު ހޯދަނީ

Oct 18, 2016

ފިހާރައެއްގެ ބިއްލޫރިގަނޑު ބަޔަކު ތަޅާލަނިކޮށް ފެންނަ ވީޑިއޯ އާންމުކޮށް އެމީހުން ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ. ހޯދަން އިއުލާން ކޮށްފައިވަނީ ދެ މީހުންނެވެ.

ފުލުހުން މިއަދު ވީޑިއޯ އާންމުކުރުމަށްފަހު ބުނެފައިވަނީ އެ ދެ މީހުން ހޯދުމަށް އިއުލާން ކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހަވީރީހިނގުމުގައި ހުންނަ ވާދީ ޓްރޭޑާސްގެ ފިހާރައެއް ކަމުގައިވާ "ބޭ ވިއު ސްޓޯ" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލައާއި ގުޅިގެންނެވެ.

މި މައްސަލަ ތަހުގީގުކުރަމުންދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުންނެވެ.