ހަބަރު

ރައީސާ ބައްދަލު ކުރީ ޕާޓީން ބޭނުން ވެގެން: އިމްރާން

Mar 3, 2015
5

ފަހަކަށް އައިސް ސަރުކަރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބުދުއްﷲ އާއި ރައީސް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައްދަލު ކުރައްވާ އަދާލަތުގެ ކަން ބޮޑުވުންތައް ރައީސާ ހިއްސާ ކުރައްވައިފި އެވެ.

ރައީސް އޮފީސް ކައިރިން އިމްރާން މިއަދު ވިދާޅުވީ ރައީސް ޔާމީނާ ބައްދަލު ކުރެއްވީ ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ކަންތައްތަކާމެދު އަދާލަތު ޕާޓީގެ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށާއި ރައީސާ ބައްދަލު ކުރެއްވީ އަދާލަތު ޕާޓީން ބޭނުން ވެގެން ކަމަށެވެ.

އޭނާ ވިދާޅުވީ މަޝްވަރާ ކުރި ކަންކަމާ ގުޅިގެން ރައީސް  ދެކެވަޑައިގަންނަވާ ގޮތް ވެސް ވިދާޅުވެފައިވާ ކަމަށާއި އެކަންކަން ޕާޓީގެ ގުނަންތަކުގައި މަޝްވަރާ ކުރުމަށް ފަހު ހާމަ ކުރައްވާނެ ކަމަށެވެ.

އިމްރާން މިއަދު ރައީސާ ބައްދަލު ކުރެއްވި އިރު އޭނާ ގެންދަވަނީ ފަހަކަށް އައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.