ޓެކްނޯލޮޖީ

ޓިކެޓް ފެއާތައް ވަގުތުން ނޮޓިފައި ކުރެވޭ ޓޫލެއް ގޫގަލްއިން!

ޒަމާން ބަދަލުވެ ޓެކްނޮލޮޖީ ދުވަހަކަށް ވުރެ ދުވަހެއް މިދަނީ ކުރިއަރާ ފައްކާވަމުންވުންނެވެ. ކުރިން ވައިގެ މަގުން ދަތުރެއް ކޮށްލަން ޖެހުނަސް މިޖެހެނީ ޓިކެޓް ވިއްކާ ތަންތަނަށް ގޮސް ޓިކެޓް ގަތުމާއި ބުކްކުރުމުގެ ކަންކަން ކުރުމަށެވެ. މިބުނާ ޓެކްނޮލޮޖީއަށް އައި ބަދަލު ތަކާއި އެކު މިކަންތަށް ވެސް ފަސޭހަވެ ގޭގެ ސޯފާގައި އޮވެ ފޯނުގެ ޒަރިއްޔާއިން މިކަން ކޮށްލެވޭ ޒަމާން މިދަނީ ކުރިއަށެވެ. ނަމަވެސް މިހުރިހާ ކަމެއް ފަސޭހަ ވި އިރުވެސް ފަސޭހަ ނުވި ކަމެއްވެސް އެބައޮތެވެ. އެއީ ޓިކެޓްގެ އަގުތަކަށް އަންނަ ރަނގަޅު ބަދަލުތަށް ވަގުތުން ވަގުތަށް ދެނަގެނެވޭނެ ރަނގަޅު ސިސްޓަމެއް ނެތުމެވެ. ނަމަވެސް ބަޔެއް އެއާލައިންތަކުން މިހާރުވެސް އެ އެއާލައިނެއްގެ ޓިކެޓްތަކަށް އަންނަ ބަދަލުތަށް ދަނީ ވަކި ވަކި ކަސްޓަރމަަރުންނަށް ވަގުތުން ނޮޓީފައި ކުރަމުންނެވެ. އެހެނަސް ހުރިހާ އެއާލައިނެއްގެ ޓިކެޓްތަކަށް އަންނަ ބަދަލު ބަލާލެވޭނެ ޓޫލެއް ނުވަތަ އެހެނިހެންވެސް ގެޖެޓެއް ނެރޭނެ ދުވަހަކަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފަ އެވެ.

މި އިންތިޒާރަށް ނިމުމެއް މިފަހަރު މިގެންނަނީ ގޫގަލްއިންނެވެ. ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ފުޅާ އަދި އެންމެ ގިނ ހިދުމަތްތަކެއް އެއް ކުންފުންޏެއްގެ ދަށުން ފޯރުކޮށްދޭ ބަޔަކީ އަބަދުވެސް ގޫގަލްއެވެ. 2013 ވަނަ އަހަރުއްސުރެ ތާޑް ޕާޓީ ބުކިންގް ހިދުމަތް ދެމުންއަންނަ ގޫގަލް ފްލައިޓްސްގައި މި ޓޫލް މިހާރު ވަނީ އިންސްޓޯލް ކުރެވިފައެވެ. ވައިގެ ދަތުރު ފަތުރު ކުރާ މަގްބޫލް އަދި ގިނަ އެއާލައިންތަކެއްގެ ޓިކެޓަށް އަންނަ ބަދަލުތަށް މި ޓޫލްގެ އެހީއާއި އެކު ގޫގަލް ފްލައިޓްސް ބޭނުންކޮށްގެން ބަލާލެވޭނެއެވެ.

އެގޮތުން ޓިކެޓްގެ އަގުތަށް ބޮޑުވާނެ ދުވަހާއި އަގުތަށް ހެޔޮވާނެ ދުވަސްތަށް ގޫގަލް ފްލައިޓްސްގެ ޒަރިއްޔާއިން ބަލާލެވޭނެއެވެ. އަދި ބޭނުންވާ ފްލައިޓްތަކުގެ ޓިކެޓަށް އަންނަ ބަދަލުތަށް ފޮލޯ ކުރާ ފަރާތްތަކަށް ވަގުތުން ނޮޓިފައިވެސް ކޮށްދޭނެއެވެ. އެހެންނަމަވެސް މި ޓޫލްގެ ޒަރިއްޔާއިން ބަލާލެވޭނީ ގޫގަލް ފްލައިޓްސްއިން ކަވަރ ކުރަމުންދާ އެއާލައިންތަކާއި ރީޖަންތަކުގެ ފެއާ އަގުތަކެވެ. މި ޓޫލްގެ ސަބަބުން ޗުއްޓީތަށް ޕްލޭންކުރާ ފަރާތްތަކަށް އަގަށް އަންނަ ބަދަލުތަށް އަންނާނެ ދުވަސް ތަކަށް ބަލާލުމަށް ފަހު ޗުއްޓީތަށް ޕްލޭންކުރެވޭނެއެވެ.

ގޫގަލް ފްލައިޓްސް އަކީ ގޫގަލް އިން ދެމުންއަންނަ ވަރަށް ވެސް ބޭނުންތެރި އަދި ވަރަށް ވެސް ފުރިހަމަ ހިދުމަތެކެވެ.5 އަހަރުވީ މި ހިދުމަތަށް ގިނަ ބަޔެއްގެ ތަރުހީބު ވަނީ ލިބިފައެވެ. އެހެންކަމުން އަލަށް މި ނެރުނު ޓޫލް އާއި އެކު ގޫގަލް ފްލައިޓްސް އަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މި ހަދުމަތުގައި މިވަގަތު ކަވަރ ކުރަނީ ވަރަށް މަދު ރީޖަންތަކެކެވެ. އޭގެ ތެރޭގައި އަވައްޓެރި އިންޑިޔާވެސް ހިމެނެއެވެ.

ގޫގަލް އިން އަންނަނީ ޗުއްޓީ ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް ގިނަ ތަފާތު ހިދުމަތްތަކެއް ލޯންޗުކޮށް ދެމުންއަންނ ހިދުމަތްތަށް އިތުރަށް ތަރިއްގީކުރަމުންނެވެ. މީގެ ދުވަސް ތަކެއް ކުރިން ގޫގަލްއިން ވަނީ ގޫގަލް ޓްރިޕްސްގެ ނަމުން ނަންދެވިގެންވެސް ހިދުމަތެއް ފަށާފައެވެ. އަދި މަޝްހޫރު ގޫގަލް މެޕްސްއަށް ވެސް އާ ގިނަ ކަންތަކެއް ތައާރަފް ކޮށްފައެވެ. ޓެކްނޮލޮޖީ ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި ގޫގަލްގެ މިސްރާބްހުރީ މިހާރު ދުނިޔޭގެ ޓުއަރިޒަމް ޓެކްނޮލޮޖީ ބޭނުންކޮށްގެން ފުޅާކުރުމުގެ ވިސްނުންތަކެކެވެ.