ހަބަރު

އެމްޑީޕީ މެމްބަރުން އަޑުގަދަ ކުރަން ފެށުމުން މިއަދުގެ ޖަލްސާ ވެސް މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވެސް އެމްޑީޕީ މެމްބަރުން އަޑުގަދަ ކުރައްވަން ފެށްޓެވުމުން މަޖިލީހުގެ މިއަދު ޖަލްސާ ވެސް މެދުކަނޑާލައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން ގޮވާލައި، އެމްޑީޕީ މެމްބަރުން މަޖިލީހުގައި އަޑުގަދަ ކުރައްވާތީ އިއްޔެގެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވިގެން މެދުކަނޑާލަން ޖެހުނެވެ.

މިއަދުގެ ޖަލްސާ ވެސް ފެށުމާ އެކު އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ މަޖިލީހުގެ ރައީސް އިންނަވާ މޭޒު ކައިރިއަށް ވަޑައިގެން އަޑުގަދަ ކުރަން ފަށްޓަވައިފަ އެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން ދިޔައީ ކަށިގަނޑު ބޭނުންކޮށްގެން އަޑުގަދަ ކުރައްވަމުންނެވެ.

އެހެންވެ ޖަލްސާގައި ލައިވް ފީޑް މިހާރު ވަނީ ކަނޑާލައިފަ އެވެ.