ބޭރު ކުޅިވަރު

ކުޅެން ދެކޮޅު ހެދުމުން ޑްރޮގްބާ ޖޫރިމަނާކޮށްފި

މެޗު ކުޅެން ދެކޮޅު ހެދުމުން ޗެލްސީ އާއި އައިވަރީކޯސްޓްގެ ފޯވަޑް ޑިޑިއޭ ޑްރޮގްބާ ޖޫރިމަނާކޮށްފި އެވެ.

އޭނާ އަކީ މިހާރު އެމެރިކާގެ މޭޖާ ސޮކާ ލީގުގެ މޮންޓްރިއަލް އަށް ކުޅޭ ކުޅުންތެރިއެކެވެ. އެކުލަބުގެ ކޯޗު ބުނީ ޑްރޮގްބާ މެޗުގައި ކުޅެން ދެކޮޅު ހެދީ އޭނާ ބެންޗުގައި ބޭންދުމުން އެކަން ގަބޫލު ނުކުރެވިގެން ކަމަށެވެ.

ނަމަވެސް އޭނާ ޖުރިމަނާ ކުރި އަދަދެއް އެކުލަބުން ނުބުނެ އެވެ. ޗެލްސީގައި މޮޅަށް ކުޅުނު 38 އަހަރުގެ ޑްރޮގްބާ އެމެރިކާ ލީގުގައި ކުޅޭއިރު ގިނައިން އިންނަންޖެހިފައިވަނީ ބެންޗުގަ އެވެ. ނަމަވެސް އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 21މެޗުގައި 10 ގޯލު ޖަހާފަ އެވެ.

މޮންޓްރިއަލްގެ އިތުރުން އެމެރިކާގެ މޭޖާ ސްކާ ލީގުގެ ނިއުޔޯކް ސިޓީން ވަނީ އެކުލަބުގެ ޑިފެންޑަރު ޑިއެގޯ މާޓިނޭޒް ވެސް ޖޫރިމަނާކޮށްފަ އެވެ. އެއީ ރުޅިއައިސްގެން ބޯލްބޯއިއަކާ ދިމާލަށް ހަޅޭއްލެވުމުންނެވެ. ނަމަވެސް މާޓިނޭޒް މިކަމާ ދެކޮޅުހަދަ އެވެ.